ދ. ހުޅުދެލީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކޮށް، ކުނި މެނޭޖްކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ. މިގޮތުން ކުނި މެނޭޖުކުރުން ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕްލޭންތަކާއި އިންތިޒާމުތައް ވަނީ ނިންމާފައެވެ.
ސަރުކާރުގެ މި މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުނީގެ ޚިދުމަތް ދިނުމަށް ވެމްކޯއާ ހަވާލުކުރަމުން އަންނަ ރަށްތަކުގެ ތެރެއަށް ހުޅުދެލި އިތުރުވުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ހުޅުދެލީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ