ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލް ކޮމިޓީން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ބިލު ހުށަހެޅުއްވީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެގޮތުން:ބިލުގެ ފުރަތަމަ ކިޔުން އިއްވީ އިއްޔެ؛ ބިލު ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުބިލުގެ އިބްތިދާއީ ބަހުސް ފެށީ މިއަދު؛ ބިލު ތަޅުމަށް ބަލައިގަތީ މިއަދުބިލު ކޮމިޓީ މިއަދު ހަވީރު ފަށައި ބިލު ފާސްކުރިމިއަދު ކޮމިޓީގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދުގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ނިޒާރެވެ. އަށް މެންބަރުންގެ ވޯޓުން އެ ގޮތަށް ފާސްކުރި އެވެ.އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ އޭޕްރީލް ފަހުކޮޅަށް ބިލުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް އަށް މެންބަރުންގެ ވޯޓުން އެ ހުށަހެޅުން ފެއިލްކޮށްލި އެވެ.އޭގެ ފަހުން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ގެންދެވީ ބިލުގެ ފަހަރަކު މާއްދާއެއް ވިދާޅުވެ އިސްލާހެއް ހުށަހަޅަން އޮތްނަމަ އެ ފުރުސަތު ދެއްވަމުންނެވެ. އެއިން ކޮންމެ މާއްދާއަކަށް އެމްޑީޕީގެ މެންބަރުން ގެންދިޔައީ އިސްލާހު ހުށަހަޅަމުންނެވެ. ޕީއެންސީ މެންބަރުންގެ ވޯޓުން ގެންދިޔައީ އެމްޑީޕީން ހުށަހަޅާ އިސްލާހުތައް ބޭރުކުރަމުންނެވެ.ކޮމިޓީން ފާސްކުރީ ބިލު ހުށަހެޅި ގޮތަށެވެ. ހަތް މެންބަރުންގެ ވޯޓުންނެވެ. ޕީއެންސީގެ މެންބަރުންގެ ތެރެއިން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ބިލު ފާސްކުރަން ވޯޓެއް ނުދެއްވަ އެވެ.ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިފައިވާ އަނާރާ އެ ބިލު ފާސްކުރުމުގައި ވަކި ކޮޅަކަށް ޖެހިވަޑައިގަންނަވަން ދެކޮޅުހެއްދެވިއިރު، މިއަދު އެ ބިލް ކޮމިޓީއަށް ފޮނުވަން ނެގި ވޯޓުގައި ބައިވެރިނުވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ވޯޓުގައި ބައިވެރިނުވުމަކީ އެއްވެސް ފަހަރަކު އެއްވެސް މެންބަރަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ