8000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ފަށައިފި 8000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ފަށައިފި

މި އަހަރުގެ މެއި-ޖޫން މަހުގެ އެސްއެސްސީ އަދި ކެމްބްރިޖް އޯލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.
އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު ފެށީ 8364 ދަރިވަރުންނާއެކު އެވެ. ޖުމުލަ 260 މަރުކަޒެއްގައި އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިއަދުން ފެށިގެން އަންނަ ޖޫން 10، ގެ ނިިޔަލަށް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތައް ކުރިއަށް ދާނެ އެވެ. އިމްތިހާބުގެ އެންމެހައި ކަންކަން ރާވައި އިންތިޒާމު ކުރަނީ ޑިޕާޓްމެންޓު އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިންނެވެ.
ކެމްބްރިޖް އޯލެވެލް އިމްތިހާނަކީ ކެމްބްރިޖް އައިޖީސީއެސްއީ އަދި ޔޫކޭ ޖީސީއީ އިމްތިހާނާ އެއް ފެންވަރުގެ އިމްތިހާނެކެވެ. މި އިމްތިހާނު ރާއްޖޭގައި އާންމުކޮށް ފުރިހަމަ ކުރަނީ ގުރޭޑު 10 ފުރިހަމަ ކުރާ ދަރިވަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ