ފަޒްލޫނާއި ނިޝާނުގެ ޓެރަރިޒަމް ދައުވާ ރިވިއުކުރަންދެން ޝަރީއަތް މަޑުޖައްސައިލައިފި

ދެހާސް ބާވީސް ވަނަ އަހަރު ޖޫން މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ ޝަރީއަތްތައް މަޑުޖައްސައިލަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. ނިޝާން އާއި ފަޒްލޫންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ޝަރީއަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާއިރު މިއަދު ވަނީ ކްރިމިނަލް ކޯޓުގެ އަޑުއެހުމެއް ބާއްވައިފައެވެ. މި މައްސަލައިގައި ނިޝާނާއި ފަޒްލޫނުގެ ފަރާތުން ވަނީ ދައުވާ ރިވިއުކުރަން ހުށަހަޅައިފައެވެ. އެއާއެކު މިއަދު އޮތް އަޑުއެހުމުގައި ދިފާއީ ވަކީލުގެ ފަރާތުން އެދިފައިވަނީ ރިވިއުއާމެދު ގޮތެއް ނިންމައިފައި ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އެކަމަށް ދައުލަތުން ވެސް އިއުތިރާޒެއް ނެތުމާއެކު ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ރިވިއު ނިމެންދެން ޝަރީއަތް މަޑުޖައްސައިލުމަށެވެ. މި މައްސަލައިގައި ދެ ޝެއިޚުން ހިމެނޭހެން ޖުމުލަ 18 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ