ސައިފް ދެން ފެންނާނީ ލޯފަން މީހެއްގެ ރޯލުން

ބޮލީވުޑް އެކްޓަރު ސައިފް އަލީ ޚާން ދެން ކުޅޭ ފިލްމުގައި އެކްޓަރު ފެންނާނީ ލޯފަން މީހެއްގެ ރޯލުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މަޝްހޫރު ޑައިރެކްޓަރު ޕްރިޔާދަރުޝަނާ އެކު ސައިފް ފުރަތަމަ ފަހަރަށް މަސައްކަތް ކުރާނެ މި ފިލްމު އިއުލާނުކުރީ މިދިޔަ އަހަރެވެ. މި ފިލްމަކީ ސައިފް މިފަދަ ކެރެކްޓާއަކުން ވެސް ފެންނާނެ ފުރަތަމަ ފިލްމެވެ. ބޮލީވުޑްހަންގާމާއަށް ދިން އިންޓަވިއުއެއްގައި ސައިފް ވަނީ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމަކަށް ސޮއިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. ފިލްމު "ހެރާ ޕެރީ"ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ތަޖުރިބާހުރި ޑައިރެކްޓަރަކާ އެކު މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވި ކަމަށް ސައިފް ވަނީ ބުނެފައެވެ. އެކްޓަރު ސައިފް އަލީ ޚާން އަދި ބަތަލާ ނިކިތާ ދައްތާ ފިލްމު "ޖުވެލް ތީފް"ގެ ޕްރޮމޯޝަން ހަފްލާއެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ ސައިފާ އެކު އަބަދުވެސް މަސައްކަތްކޮށްލުމަކީ މީގެ ކުރިން ވެސް ބޭނުންވި ކަމެއް ކަމަށާއި އެކި ސަބަބުތަކާ ހެދި އެކަން ނުކުރެވި އޮތީ ކަމަށް ޕްރިޔާދަރުޝަން ވަނީ ބުނެފައެވެ. ޕްރިޔާ ދަރުޝަންގެ ފިލްމެއް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރެވެ. އެއީ، އަކްޝޭ ކުމާރު ލީޑް ރޯލް ކުޅޭ ކޮމެޑީ ފިލްމު "ބޫތު ބަންގްލާ"އެވެ. ސައިފާ އެކު ޕްރިޔާދަރުޝަން ފަށަން ނިންމި ފިލްމުގެ މަސައްކަތް ފަށާނީ "ބޫތް ބަންގްލާ"ގެ މަސައްކަތަށް ފަހެވެ. މަގުބޫލު ފިލްމުތަކެއް ކުޅެ ބެލުންތެރިންގެ ލޯބި ހޯދާފައިވާ ސައިފް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 29ގައި ރިލީޒްކުރާ ފިލްމު "ޖުވެލް ތީފް"އިންނެވެ. ނެޓްފްލިކްސްގައި ޕްރީމިއާކުރާ މި ފިލްމުން ސައިފާ އެކު އެކްޓަރު ޖައިދީޕް އަހްލަވާތު އަދި ބަތަލާ ނިކިތާ ދައްތާ ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ