ރައުދު ރާއްޖެއަކުން ނުފުރާ؛ ޕާސްޕޯޓް އޮތީ ހިފަހައްޓާފައި: ފުލުހުން

މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ދައުވާކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނާ ބުނުން ފުލުހުން އިއްޔެ ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު އެވެ. އެ މައްސަލާގައި:
ރައުދުު އެންމެ ފުރަތަމަ ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މިދިޔަ 25 އެފްރީލްގައި 
އޭނާގެ ބަންދަށް މަހެއް ވެފައި ވަނިކޮށް މިދިޔަ މަހުގެ 26ގައި ވަނީ ދޫކޮށްލާފައި
ބުނީ ކީކޭ؟ - ބަންދުން ދޫކޮށްލާފައި ހުއްޓާ އޭނާ ރާއްޖެއިން ފުރައިގެން ދާން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ފޮޓޯތަކެއް ވަނީ ދައުރުވެފަ އެވެ. އެ ފޮޓޯތައް ދައުރުވީ، ރާއްޖެއިން ފުރުމަށް އާއިލާއާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރައުދު ހުރި ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނީ:
އެއީ ހަގީގަތާ ހިލާފު ވާހަކައެއް 
ރައުދުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ އަމުރު އަދިވެސް ދެމި އެބައޮތް
ފާހަގަކޮށްލެވޭ ކަމެއް - ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ:
އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ
 އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުން
މި ދައުވާ ކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ
ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ