މާދަމާއިން ފެށިގެން މަސްވެރިންނަށް ލޯނަށް އެދި ހުށަހެޅޭނެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތައް ޗައިނާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފި މަސްވެރިން ކޫއްޑުއާއި އައްޑުއަށް ކިރުވާފައިވާ މަހަށް ފައިސާދީ ޚަލާސްކޮށްފި މަސްވެރިންގެ ގައުމީ

އައްޑޫ ސިޓީ މީދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލާ އާމިނަތު ސާލިހާ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލަރުގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުއްތަލިބް އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ.
‏މި ބައްދަލުވުމުގައި، އައްޑޫ މީދޫގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލް މެމްބަރު އާމިނަތު ސާލިހާ ވަނީ ހިއްސާކުރައްވާފަ އެވެ. އައްޑޫ މީދޫ ސަރަޙައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފަތި އަދި ދޮށީގެ ކަނދުފަތީގެ މައްސަލަ ހައްލުކޮށްދިނުމަށް ސާލިހާ ވަނީ އެދިވަޑައިގެންފަ އެވެ. މީގެއިތުރުން ހުޅުމީދޫ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި މި ސަރަހައްދުގައި މަސްވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
އައްޑޫ މީދޫ ދާއިރާގެ ކައުންސިލަރު އެދިވަޑައިގެންނެވިގޮތަށް އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މިނިސްޓްރީން މަސައްކަތް ކުރާނެކަމަށް ކަމަށް ސްޓޭޓް މިނިސްޓަރު އަހުމަދު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ