ސިއްޙީ
ދާއިރާގެ ޢުމްރާނީ ތަރައްޤީ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން، ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގެ
ހޮސްޕިޓާތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން އިތުރަށް 10
ރަށެއްގައި މުޅިން އަލަށް ހޮސްޕިޓާ އެޅުމުގެ ރަށެއްގައި މުޅިން އަލަށް ސިއްޙީ
މަރުކަޒު އެޅުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އުމްރާނީ
ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ
ފަހުގެ މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުالله ނާޒިމު ވިދާޅުވީ ހުޅުމާލޭ
ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ
މަސައްކަތުގެ އިތުރަށް ހަތަރު ރަށެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓާ
ތަރައްގީކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
އިތުރަށް
ނާޒިމް ވިދާޅުވީ، ހދ.ކުޅުދުއްފުއްޓާއި، ލ.ގަމާއި، ރ.އުނގޫފާރާއި، ގދ.ތިނަދޫ
ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ
ކަމަށާއި އަދި 4 ރަށެއްގެ ސިއްހީ މަރުކަޒު
އިތުރަށް ބޮޑުކުރުމުގެ މަސައްކަތާއި، 10 ރަށެއްގެ އައު ހޮސްޕިޓަލް
އިމާރާތްކުރުމުގެ މަސައްކަތާއި އަށް ރަށެއްގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓާތައް
ފެންވަރު މަތިކުރުމުގެ މަސައްކަތް މިހާރު ހަވާލުކުރެވިފައިވާކަމަށެވެ.
Advertisement
މި ހިސާބުތަކަށް ބަލާއިރު މާލެއިން ބޭރުގައި އަތޮޅު
ތެރޭގައި ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ 26 މަޝްރޫއެއް ހިންގުމަށް
މިހާރުވަނީ ހަވާލުކުރެވިފައެވެ. އެއިން ބައެއް މަސައްކަތް ފެށިގެން ކުރިއަށްދާއިރު
އަނެއްބައި މަޝްރޫއުތަކުގެ ކޮންޓްރެކްޓު ހަވާލުކުރެވި، މަސައްކަތް ފެށުމަށް
އަންނަނީ ތައްޔާރުވަމުންނެވެ.
ކެންސަރު ބައްޔަށް ހާއްސަ ހޮސްޕިޓަލާއި، އަންހެނުންނާއި
ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން
ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އޭގެ
ތެރެއިން ކެންސަރު ބަލީގެ ހޮސްޕިޓަލު އެޅުމަށް ބޭނުންވާ ފަންޑު ޔޫއޭއީން ހޯދުމުގެ
މަސައްކަތް މިހާރު ފެށި އެކަމާ ގުޅޭ އިދާރީ ކަންކަން ހަމެޖެހިފައިވާކަމަށެވެ.
އަދި ނޭޝަނަލް ހެލްތު ލެބޯޓަރީގެ މަސައްކަތް މިހާރު
ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޖާގަ ބޮޑު ފެންވަރު
ރަނގަޅު ތެލެސީމިއާ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން
އަންނަ ކަމަށެވެ.
ސިއްޙީ ދައިރާގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް، 10 ރަށެއްގައި މުޅިން އަލަށް ސިއްހީ މަރުކަޒު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ