ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ މީހުންގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވާން ހުޅުވާލައިފި ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ މީހުންގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވާން ހުޅުވާލައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށް މަސައްކަތުގެ ބައްދަލުވުމެއް ބާއްވަން ނިންމައި އެ ބައްދަލުވުމުގައި ބައިވެރިވުމަށް ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޖުލައި 7، ގައި މި ބައްދަލުން ބާއްވާނީ މާލެ ސިޓީގަ އެވެ. މާލެ ސަރަހައްދަކީ ސްޕޯޓްސް ފިޝިންގެ އެންމެ ގިނަ އުޅަނދު ހަރަކާތްތެރިވާ ސަރަހައްދެވެ.
"މި ބައްދަލުވުމުގެ މަގުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުން،" ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
ޖޫން 10، ގެ ކުރިން އޮންލައިން ފޯމެއް ފުރައިގެން މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވޭއިރު ބައްދަލުވުމުގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސާނެ އެވެ.
ރާއްޖޭގައި ސްޕޯޓްސް ފިޝިން އަންނަނީ ބޮޑު މަގުބޫލު ކަމެއް ހޯދަމުންނެވެ. ވަކިން ހާއްސަކޮށް ގެސްޓުހައުސް ވިޔަފާރި ރަށްރަށަށް ފުޅާވެ، ސްޕޯޓްސް ފިޝިންއިން އާމްދަނީ ހޯދުމަށް ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
ރާއްޖެއަކީ ސްޕޯޓްސް ފިޝިންގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ދާދިފަހުން "ބުރުނު ބޮމަ" ނަމުގައި ބޮޑު މުބާރާތެއް ވެސް ބޭއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ