މާލެ ސަރަހައްދުގައި މިހާރުވެސް އެކަށީގެންވާ އަދަދަށް ވުރެ މާ ގިނައިން ވެހިކަލް ބޭނުން ކުރަމުންދާ ކަމަށް މި ސަރަހައްދު ގައި އެންމެ ގިނައިން ބޭނުންކުރެވިދާނެ އުޅަނދުތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފައިނަލް ރިޕޯޓް ގައި ބުނެފި އެވެ.
މިއީ މާލެ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގަ އެވެ. އެ ދިރާސާގެ ފައިނަލް ރިޕޯޓް މިހާރު ވަނީ އާންމުކޮށްފަ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން މާލެ ސަރަހައްދު ގައި 119،093 އުޅަނދު ދުއްވަ އެވެ. އެންމެ ގިނައީ ސައިކަލެކެވެ. އެ ގޮތުން 103،300 ސައިކަލް ބޭނުން ކުރާ ކަމަށް ރިޕޯޓްގައިވެ އެވެ. ދެން އެންމެ ގިނައީ ކާރެވެ. 7،505 ދުއްވާއިރު 2،050 ޕިކަޕް ބޭނުން ކުރާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
Advertisement
މީގެ އިތުރުން ވޭނާއި ސްކޫޓަރާއި އެ ނޫން ވެސް އެހެން ބައެއް ވެހިކަލްތައް ދުއްވާކަން ފާހަގަކޮށްފައިވެ އެވެ. އެއީ ވެސް ހާހަކަށް ވުރެ ގިނަ ވެހިކަލް ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓްގައި ބުނެފައި ވަނީ މާލެ ސަަރަހައްދަށް އެކަށޭނަ ވެހިކަލްގެ އަދަދަކީ 89,000 އެވެ. އެހެން ކަމުން މިހާރު ވެސް އެ އަދަދު ހުރީ މާމަތީގައި ކަން ވަނީ ފާހަގަކޮށްފަ އެވެ.
އެ ރިޕޯޓް އާންމުކޮށް އާންމުންގެ ހިޔާލަށް ވަނީ ހުޅުވާލާފަ އެވެ.
މާލެ ސަރަހައްދުގައި 103،000 ސައިކަލު، 7500 ކާރާއި 2050 ޕިކަޕު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ