މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ޖޫން މަހު އާމްދަނީގެ ގޮތުގައި 2.92 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއަށްވުރެ 10.1 ޕަސެންޓް އިތުރު އަދި މި އަހަރުގެ ޖޫން މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށްވުރެ 14.7 ޕަސެންޓް އިތުރު އަދަދެކެވެ.
އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ އާމްދަނީ އާއި ބޭންކް އިންކަމް ޓެކްސް އާމްދަނީ އިތުރުވުން ހިމެނެއެވެ.
މީރާއަށް ޖޫން މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 118.6 މިލިއަން ޑޮލަރު ހިމެނެއެވެ.
މީރާއަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖޫން މަހު ލިބުނު ޖުމްލަ އާމްދަނީގެ 37.2 ޕަސެންޓެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 799.1 މިލިއަން ރުފިޔާ ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 411 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީރާއަށް މިދިޔަ މަހު 2.92 ބިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ