އަޅުގަނޑުމެން މުސްލިމުން ކުރާ ކޮންމެ ކަމެކޭ ވެސް އެއްފަދައިން، ރޯދަ ވީއްލުމުގައި ވެސް، މި އުއްމަތަށް ފޮނުއްވި ކީރިތި މާތް ނަބިއްޔާ މުޙައްމަދު (ސ.އ.ވ) ޢަމަލު ކުރެއްވި ގޮތް ދެނެގަނެ، އެގޮތަށް ޢަމަލު ކުރުމަކީ ނުހަނު ސަވާބު ލިބޭނެ ކަމެކެވެ.
އައްޝެއިޚް އާސިމް އަލް ޙަކީމް ވިދާޅުވީ ނަބިއްޔާ (ސ.އ.ވ) ރޯދަ ވީއްލެއްވިއިރު، ރީނދޫ ކުލައިގައި ހުންނަ ރޯ ކަދުރު ހުރިނަމަ، އެންމެ ފުރަތަމަ ފަރިއްކުޅުއްވެވީ އެ ކަދުރު ކަމަށެވެ.
އަދި ރޯ ކަދުރު ނެތްނަމަ، ހިއްކާފައި ހުންނަ ކަދުރުން ރޯދަ ވީއްލެވި ކަމަށެވެ.
އެ ދެ ބާވަތް ވެސް ނެތްނަމަ، ރޯދަ ވީއްލެވުމުގެ ގޮތުން ރަސޫލާ (ސ.އ.ވ) ފެން ފޮދެއް ހިއްޕަވާއުޅުއްވިކަމަށް ޝެއިޚް ވިދާޅުވިއެވެ.
ޝެއިޚު ވިދާޅުވީ މިފަދައިން ޢަމަލު ކުރުމަކީ ސުންނަތަކަށްވާއިރު، ގޭގައި ތައްޔާރު ކޮށްފައިވާ ކޮންމެވެސް އެހެން ކާއެއްޗެއް ރޯދަ ވީއްލުމުގެ ގޮތުން ކެއުން ވެސް އެންމެ ރަނގަޅު ކަމަށެވެ.
އެގޮތަށް ޢަމަލު ކުރުމުން އެއްވެސް މީހަކު ފާފަވެރި ނުވާނެ ކަމަށް ވެސް ޝެއިޚު ވިދާޅުވިއެވެ.
ސަބަބަކީ ކަދުރުން ރޯދަ ވީއްލުމަކީ ސުންނަތަކަށް ވުމެވެ.
ރޯދަ ވީއްލާ ވަގުތުގައި ކިޔަން ޚާއްޞަ ދުޢާއެއްވެސް ވެއެވެ. މި ދުޢާ ކިޔުން ވާރިދުވެފައި ވަނީ ރޯދަ ވީއްލާ ގޮތަށެވެ. އެ ދުޢާ އަކީ؛
ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ
މާނައީ: ”ކަރުހިއްކުން ފިލައްޖެއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި އިރާދަކުރެއްވިއްޔާ، އަޖުރު ސާބިތު ވެއްޖެއެވެ.“ ސުނަން އަބީދާވޫދު.
ރޯދަ ވީއްލުމުގައި ސުންނަތް ގޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ