ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 11) - ބެންޗުން އަރައި ޖެހިޖެހިގެން ދެ ވަނަ މެޗުގައި މިކޭލް މެރީނޯ ފަހު ވަގުތު ޖެހި ގޯލުން، 2-1 އިން ބެލްޖިއަމް ބަލިކޮށް ސްޕެއިނުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ސްޕެއިނުން މޮޅުވި ލަނޑު ވެސް ޖެހީ ބެންޗުން އެރި މެރީނޯ އެވެ.
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
MGH Group of Companies
Enterprise Development Industrial Pvt Ltd
MGH Group of Companies
ސްޕެއިނުން މި މެޗަށް ނުކުތީ ފުރަތަމަ އެގާރަ އަށް ބަދަލެއް ގެނެސްގެންނެވެ. ޕެޑްރީގެ ބަދަލުގައި، ފަބިއަން ރުއީޒަށް ވަނީ ފުރުސަތު ދީފަ އެވެ. އަނެއްކޮޅުން، މެޗުގެ ވޯމްއަޕްގައި ބެލްޖިއަމްގެ ކެޕްޓަން، ޔޫރީ ޓީލަމަންސް އަށް އަނިޔާވުމުން، އޭނާގެ ބަދަލުގައި ވެން ހެނަކަން އަށް ވަނީ ފުރުސަތު ދީފަ އެެވެ.
މެޗުގައި ސްޕެއިނުން ލީޑުނެގީ 30 ވަނަ މިނިޓްގައި ރުއީޒް ޖެހި ގޯލުންނެވެ. މިއީ، އޭރިއާތެރެއިން ޑެނީ އޯލްމޯ ޖެހި ޝޮޓެއް ބެލްޖިއަަމް ކީޕަރު، ތިބައު ކޯޓުއާ އަތުގައި ޖެހިފައި، ނުކުތް ވަގުތު ރީބައުންސުން ރުއީޒް ވަނީ ގޯލަށް ވައްދާލައިފަ އެވެ.
އޭގެ ފަހުން، ސްޕެއިނަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ލަމީން ޔަމާލް ފޮނުވާލި އެއް ޝޮޓް އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ހިލޭ ޖެހުމަކުން ޔަމާލް ފޮނުވާލި ބޯޅަ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ބެލްޖިއަމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 41 ވަނަ މިނިޓްގައި، ޗާލްސް ޑި ކަޓަލާރޭ ޖެހި ގޯލުންނެވެ. މިއީ، ޓިމޮތީ ކަސްޓާންޏާ ނެގި ހުރަހަކުން ޑި ކަޓަލާރޭ ބޮލުން ޖެހި ގޯލެކެެވެ. މިއީ، މި ފަހަރުގެ ވޯލްްޑް ކަޕްގައި ސްޕެއިން ކޮޅަށް ޖެހި ފުރަތަމަ ގޯލެވެ. އަދި، ޑި ކަޓަލާރޭ މި މުބާެރާތުގައި ޖެހި ތިން ވަނަ ގޯލެވެ.
ދެ ވަނަ ހާފު ފެށިގެން، ނުވަ ވަނަ މިނިޓްގައި ބެލްޖިއަމުން ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ސްޕެއިންގެ އޭރިއާތެރެއިން ބެލްޖިއަމްގެ ފުލްބެކް، މެކްސިމް ޑި ކުއިޕާ ޖެހި ޝޮޓް އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.
ބެލްޖިއަމްގެ ގޯލްކީޕަރު، ކޯޓުއާ އަށް އަނިޔާވެ، އެ ޓީމުގެ ގޯލު ބަލަހައްޓަން އެރީ ދެ ވަަނަ ކީޕަރު، ސެން ލަމެންސް އެވެ. ސްޕެއިން މޮޅުވި ލަނޑު ޖެހީ 88 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ސްޕެއިންގެ ޑިފެންޑަރު ޕައު ކުބަރްސީ ޖެހި ޝޮޓެއް ކީޕަރު ލަމެންސް އަތުގައި ޖެހިފައި ނުކުތް ވަގުތު، މެރީނޯ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
ބެލްޖިއަމް ކަޓުވާލައި ސްޕެއިން ވޯލްޑް ކަޕް ސެމީގައި ފްރާންސާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ