ގައުމީ އެއާލައިންގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފަށަނީ
ގައުމީ އެއަރލައިން މޯލްޑިވިއަންއިން މިއަހަރުގެ ތެރޭގައި ސައުތު އެފްރިކާއާއި ޖަރުމަނުވިލާތައް ދަތުރުތަށް ފެށަން ތައްޔާރުވާން ފަށައިފި އެވެ. މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ބައިނަލްއަގުވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.މާލެ އާއި ޖޮހަނަސްބާގާ ދެމެދު ދަތުރުތައް ފަށަން ތައްތާރުވާތީ މިދިޔަ އަހަރުގެ ތެރޭގައި ދެކުނު އެފްރިކާ އަށް ޖެނެރަލް ސޭލްސް އެޖެންޓެއް ހޯދަން ވެސް އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އިން އިއުލާންކުރި އެވެ.ދެކުނު އެފްރިކާއަކީ މިވަގުތު ނިސްބަތުން ވަރަށް މަދުން ރާއްޖެއަށް ފަތުރުވެރިން އަންނަ މަންޒިލެކެވެ. މީގެ އިތުރަށް މިއަހަރު ތެރޭ ޖަރުމަނަށް ވެސް އެ އެއާލައިންގެ ދަތުރުތައް ފަށަން އިއުލާންކޮށްފައިވެ އެވެ. ގައުމީ އެއާލައިން ބޭރަށް ފުޅާކުރުމަށްޓަކައި ވައިޑް ބޮޑީ އިތުރު ބޯޓެއް ހޯދަން ވެސް މިހާރު އޮތީ އިއުލާންކޮށްފަ އެވެ. މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓް މިދިޔަ ޖެނުއަރީގައި ރާއްޖެ ގެނެސް މިހާރު އަންނަނީ ޗައިނާގެ ތިން ސިޓީއަކަށް ކޮންމެ ހަފުތާއަކު ވެސް ދަތުރުތައް ބާއްވަމުންނެވެ.ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ