ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވައިލައްވައިފި އަނިޔާ ލިބޭ ކުދިން އެ މާހައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށްވުން ހުއްޓުވަންޖެހޭ: ސާޖިދާ ރައުދުގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ

އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ހިދުމަތްތަކެއް ގައުމަށް ކުރައްވާފައިވާ، މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ނަޒީރު، އަވަހާރަވީ އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިނގިރޭސިވިލާތުގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ނަޒީރު ވަނީ ސަންލޭންޑުގެ ނަމުގައި ޓްރެވެލް އެޖެންސީއެއްހުޅުވައިގެން ރާއްޖެ މާކެޓްކުރުމުގެ މަސައްކަތްކުރައްވާފައެވެ.
ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ