ގިނަ ފަހަރު ވަގުހިފަން އުނދަގޫވަނީ ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ނުކުރެވޭތީއެވެ. މާގިނަ ވާހަކަތައް ދެއްކޭތީއެވެ. ތިރީގައިވާ ހާދިސާގެ ވާހަކައިން ޢިބްރަތް ޙާޞިލްކުރާށެވެ!
އެއްދުވަހު ހަވީރު އަހަރެން ބޭރަށް ގޮސްފައި އައިއިރު ގެގެ ދޮރު ހުރީ ތަޅުލައިފައެވެ. އެތެރެއިން ތަޅުލާފައި ހުރުމުން ބެލްޖެހުމުންވެސް ހުޅުވީ އިރުކޮޅެއްފަހުންނެވެ. ވަގުތުން ފިރިމީހާ އާއި ސުވާލުކުރީމެވެ. ގޯތީގައި މައިގޭޓަކަށް ދަގަނޑު ގޭޓެއް ބަހައްޓާފައި ސެކިޔުރިޓީން ބައިތިއްބާއިރު ގެ މިހައިވަރަށް މިއަދު ތަޅުލީ ކީއްވެގެން ހެއްޔެވެ؟
ޖަވާބުގައި ބުނީ އޮޅުމަކުން ކަމަށެވެ.
ދެން ގޮވައިލީ ގޭގައި ގެންގުޅޭ ސަރވަންޓަށެވެ. އައިއިރު އޭނާ ހުރީ މަސައްކަތު ގަޑީގައި ލާންޖެހޭ ޔުނިފޯމް ނުލައެވެ. ފިރިމީހާ ބުނީ އެއީ އެވަރުކަމަކަށް ނުހެދުމަށާއި ޔުނިފޯމް ލެއްވުމުން އަޅެއްގެ ގޮތް އިޙްޞާޞްވާކަމަށެވެ.
އެވަޤުތު ހިތުގައި ސުވާލު އުފެދުނެވެ. އަބަދު ލައިގެން ހުންނަ އެއްޗެއް ލާތީ ކުއްލިއަކަށް ކަންބޮޑުމިވީ ކީއްވެގެންބާވައެވެ! އެކމަކުވެސް އިތުރު އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކޮށްލިތަނާ ސިޓިންގ ރޫމް މޭޒުމަތިން ފެނުނީ އަގުބޮޑު މޯބައިލް ފޯނެކެވެ. އޮތީ ކަނޑައިވެސް ނުލައި ފޮށީގައެވެ. ފިރިމީހާ ގާތު ކާކުގެ ފޯނެއްތޯ ސުވާލުކުރުމުން ބުނީ ކާކުގެ ފޯނެއްކަން ނުއެނގޭ ކަމަށާއި ސަރވަންޓާއި ސުވާލުކުރުމަށެވެ.
ސަރވަންޓާއި ސުވާލުކުރުމުން ބުނީ އޭނާގެ ފޯނެއް ކަމަށެވެ. އެހައި އަގުބޮޑު ފޯނެއް ލިބުނު ގޮތާއިމެދު ސުވާލުކުރުމުން ބުނީ "ބޯއިފްރެންޑް" ދިން ފޯނެއް ކަމަށެވެ. އެއީ ކާކުތޯ ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ.
ދެން ރަނގަޅަށް ފޮށިބަލައިލިއިރު ވިއްކި ފިހާރައިން އަގުޖެހި ކަރުދާސްކޮޅުގައި ބާކޯޑް އިނުމުން ސްކޭންކޮށްލުމުން އެއީ ކޮންފިހާރައަކުން ގަނެފައިވާ ފޯނެއްކަން އެނގުނެވެ. ވަގުތުން ފިހާރައިގެ ވެބްސައިޓަށް ވަދެ ބާކޯޑް ފޮނުވާލާފައި އެފޯނަށް ފައިސާދެއްކި ކްރެޑިޓް ކާޑުގެ ވެރިއަކީ ކާކުތޯ ސުވާލުކުރީމެވެ. އޮޅުން ފިލުވަން ބޭނުންވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީމެވެ. "ތިފޯނު އަހަރެންގެ ބޯއިފްރެންޑް އަހަރެންނަށް ދޭން އުޅޭތީ އެއީ ހަމަ އޭނާ ގަނެގެންދޭ ހަދިޔާއެއްކަން ޔަޤީންކޮށްލަން" ބޭނުންވާތީ ކަމަށެވެ. ފިހާރައިން ދިނީ އަހަރެންގެ ފިރިމީހާގެ ނަމެވެ.
ހުރިހާ ކަމެއް ހިނގައި ދިއައީ ފިރިމީހާ ސަރވަންޓުގެ ހާޒިރުގައެވެ. އެހިސާބުން ފިރިމީހާއަށް ސަރވަންޓް ހަދިޔާކޮށްފައި އަހަރެން ގެއަށް ދިއައީ އަހަރެންނަށްވުރެ 10 އަހަރު ދޮށި، އެފެންވަރުގެ އަންހެނަކާއި ފިރިމީހާ ގުޅުން އުފެއްދުމުން އެހައި ދަށުދަރަޖައިގެ ފިރިހެނަކާއި ކައިވެނިކޮށްގެން އުޅުމުން ލިބޭނެ އިތުރު އަނިޔާ ލިބެން ބޭނުން ނުވާތީއެވެ.
- ލީނާ ޑޭވިޑް ހޫން
ހުޝިޔާރު އަންހެނުން ވަރަށް ހުޝިޔާރުވެފައި ވަގުހިފުމުގެ ކުޅަދާނަކަން އެމީހުންގެ ވިސްނުމުގައި މާވަރުގަދަކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ