ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ކްރިކެޓް މުބާރާތުގައި އެމްއެސް ހެލްޕިން ހޭންޑް އަތުން މިލާން ކްރިކެޓު އެކަޑަމީ މޮޅުވެއްޖެ އެވެ.
މުބާރާތުގެ ފަސްވަނަ ދުވަހުގެ ކުޅުން ނިމުނުއިރު، މި މެޗުގެ ގުރުދިމާވުމުން މިލާން ގަސްދުކުރީ ހޮވުމަށެވެ. އެމްއެސް ކުޅެންއަރާ 50 އޯވަރު ހަމަވިއިރު 9 ކުޅުންތެރިން ނުބައިވެގެން 209 ލަނޑު ހެދިއެވެ.
އެންމެ ރަނގަޅަށް ކުޅުނީ 74 ލަނޑު ހެދި އާއި 23 ލަނޑު ހެދި މުޙައްމަދު ދިލްޝާންގެ އިތުރުން 9 އޯވަރު 30 ލަނޑަށް 2 ވިކެޓް ހެދި ލީމް ޝަފީގެވެ.
ޖަވާބުގައި މިލާން ކުޅެންއަރާ 47 ވަނަ އޯވަރުގައި 6 ކުޅުންތެރިން ނުބައިވެގެން 210 ލަނޑު ހެދިއެވެ. މީގެތެރތެއިން ޔޫސުފް އަޒިޔާން 92 ލަނޑު އަދި އަހުމަދު ހަސަން 41 ލަނޑު ވަނީ ހަދާފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑަމީގެ ޔޫސުފް އަޒިޔާންއެވެ.
މި މެޗާއެކު ލީގުގެ އެންމެ ކުރީގައި ހަތަރު ޕޮއިންޓާއެކު މިހާރު އޮތީ އެމްއެސް ހެލްޕިންގް ހޭންޑް ސްޕޯރޓްސް އެކަޑަމީއެވެ. އަދި ދެވަނާގައި މިލާން ތިން ޕޮއިންޓާއެކު އޮތްއިރު ތިންވަނާގައި ދެ ޕޮއިންޓާއެކު މާލޭ ސްޕޯޓްސް އަދި އެއް ޕޮއިންޓާއެކު ހަތަރުވަނާގައި އޮތީ ސީބީއެލް ސްޕޯޓްސްއެވެ.
ގައުމީ ކްރިކެޓު މުބާރާތް: އެމްއެސް އަތުން މިލާނަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ