މި ސަރުކާރު އައުމާ އެކު ކޮރަޕްޝަން އޮންނާނީ ތަޅުލާފައި- މެމްބަރު ޝާޑު އީދު ދުވަހާ ގުޅިގެން އިތުރު ބަންދެއް ނުލިބޭނެ ޓެރަރިޒަމާ ދެކޮޅަށް ޤައުމީ ފެންވަރުގައި ބޭއްވި” އަމާން އައްސޭރި 2025″ ނިންމާލައިފި ބައިލައްކަ ރުފިޔާގެ މުސާރައަކާއެކު މިފްސާއަށް ސީއީއޯ އަށ

ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ދެމަފިރިންގެ ތެރެއިން އަނބިމީހާ މެހެނާޒު ހުސައިނުގެ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށްގެން އޭނާގެ ފިރިމީހާ ޒުންނަވާރު ސަލީމް އެ ސިއްކައިގައި މެހެނާޒުގެ ސޮއި ކުރުމުން އެ ދެ މީހުންގެ ވަކީލުކަމުގެ ހުއްދަ އަހަރެއްހައި ދުވަހަށް ހިފަހައްޓައިފިއެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ 2021 ވަނަ އަހަރު، އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި މެހެނާޒަށް ދޫކޮށްފައިވާ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު އޭގައި މެހެނާޒުގެ ސޮއިކޮށްފައިވާ ކަމަށެވެ. އަދި، ދެ ވަކީލުންނަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ސުލޫކީ ޝަކުވާއާ ގުޅިގެން ދެ ވަކީލުންނަށްވެސް ދޫކޮށްފައިވާ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ޖަލްސާއިން ނިންމާފައިވާ ކަމަށް ބާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ކުރިން 2021 ވަނަ އަހަރު ވަނީ މެހެނާޒަށް ޕަބްލިކް ނޯޓަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމުގެ ކުރިން އެކި މީހުންނަށް ނޯޓަރައިޒްގެ ހިދުމަތް ދީފަ އެވެ. އަދި ހުއްދަ ލިބުނު ފަހުން އޭނާގެ ފިރިމިހާ ޒުންނަވާރު އެ ހުއްދައިގެ ދަށުން ނޯޓަރައިޒްގެ ހިދުމަތް ދީފައި ވާތީ އެ ދެމަފިރިން އެފަހަރު 100،000ރ. އިން ޖޫރިމަނާކުރި އެވެ.
ބާ ކައުންސިލުން މިއަދު ބުނީ ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ފިޔަވަޅު އެޅީ ވެސް، 2021 ވަނަ އަހަރު އެއްބަސްވުމެއްގެ ސައްހަކަން ކަށަވަރުކުރުމުގައި، މެހެނާޒަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީގެ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު ސޮއި ކޮށްފައިވާ މައްސަލައެއްގައި ކަމަށެވެ.
މި ކަމަކީ ޕަބްލިކް ނޯޓަރީގެ ޚިދުމަތުގެ ސައްހަކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދި، މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެ ކަމެއްކަން ބާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މެހެނާޒާއި ޒުންނަވާރު، ގާނޫނީ ފަންނުގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މެހެނާޒުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ 12 މަސްދުވަހަށް ހިފަހައްޓައި، ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސްދުވަހަށް ހިފެހެއްޓުމަށް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ