އޭގެ އިތުރުން ވެސް، ހުޅުމާލެ ހޮސްޕިޓަލުގައި ދެމުން ގެންދާ އިމްޖެންސީ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމާއި، އައިޖީއެމްއެޗުގައި ގާއިމް ކުރެވުނު 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގުގެ ހިދުމަތް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިއްހީ ހިދުމަތް ވަރުގަދަކުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށާއި، މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާ، ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި މިއަހަރު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ހިދުމަތުގެ ފެންވަރާއި، އުމްރާނީ އަދި އިންސާނީ ވަސީލަތުގެ ގޮތުން މުޅި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި ސިއްހީ ކަންކަން ރަނގަޅުކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ."އަޅުގަނޑު އެންމެ އިސްކަމެއް މިދިނީ މި ދާއިރާ ތަރައްގީ ކުރުމަށް ކަންތައްތަކެއް ކުރުމަށް. މިދިޔަ ދުވަސްކޮޅުގެ ތެރޭގައި އެކި ރަށްރަށުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި، މި ދެންނެވީ، ތިން ހަތަރު ދާއިރާއަކުން ސިއްހީ ކަންކަން ރަނގަޅުކުރުމަށް ވަރަށްގިނަ މަސައްކަތް ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ އަދި ކުރިއަށް އޮތީ އިތުރު މަސައްކަތްތައް ކުރާނެ ދުވަސްތައް،" ރައީސް ވިދާޅުވި އެވެ.އެގޮތުން، ސިއްހީ ދާއިރާ ކުރިއެރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް ނިންމާލައި، ހިދުމަތް ދޭން ފެށިފައިވާކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަން އަދި އެއަށްވުރެ މާބޮޑަށްވެސް ރަނގަޅުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ގިނަ ހިދުމަތްތަކާއި ވަސީލަތްތަކާއެކު ގާއިމްކުރި ތެލެސީމިއާ ސެންޓަރެވެ.އޭގެ އިތުރުން ވެސް، ހުޅުމާލެ ހޮސްޕިޓަލުގައި ދެމުން ގެންދާ އިމްޖެންސީ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމާއި، އައިޖީއެމްއެޗުގައި ގާއިމް ކުރެވުނު 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގުގެ ހިދުމަތް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.ރައީސް ވިދާޅުވީ ޖުލައި މަސް ނިމުމުގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފުޅާކޮށް، ނޮވެންބަރާ ހަމަޔަށްދާންވާއިރަށް، އިތުރު 24 އެނދު އިތުރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އަދި، ހުޅުމާލެ ހޮސްޕިޓަލް ތެރޭގައި 250 އެނދުގެ އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރައްވާކަން ވެސް ފާހަގަކުރެއްވި އެވެ.މިކަންކަމަށް އަލިއަޅުވާލައްވައި ރައީސް ވަނީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުގައި ހިމެނޭ، ދަރުމަވަންތަ، އައިޖީއެމްއެޗް، ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ތެލަސީމިއާ ސެންޓަރު ހިމެނޭހެން، ގުޅިލާމެހިފައިވާ ނެޓްވޯކެއްގެ ތެރެއިން ހޮސްޕިޓަލްތައް ހިންގުމުގެ ނިޒާމު ގާއިމުކުރެވިފައި އޮތްކަން ފާހަގަކުރައްވާފަ އެވެ."އެހެންވީމާ، ޖުމްލަކޮށް ސިއްހީ ދާއިރާ ތަރައްގީ ކުރުމަށްޓަކައި އުމްރާނީ ވަސީލަތްތަކުގެ ގޮތުންވެސް އަދި ހިދުމަތުގެ ފެންވަރުގެ ގޮތުންވެސް އަދި އިންސާނީ ވަސީލަތުގެ ގޮތުންވެސް ތަރައްގީ ކުރުމުގެ މަސައްކަތް، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދީގެން ކުރިއަށް މިގެންދަނީ،" ރައީސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
"މިއަހަރާއި އަންނަ އަހަރު ސިއްހީ ދާއިރާއަށް ބޮޑުތަނުން ކުރިއެރުން ލިބޭނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ