ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅައިލައިފި

ހުޅުމާލޭގައި ހުންނަ ކެފޭއެއް ކައިރީ މިރޭ ހިންގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅައިލައިފިއެވެ. މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުޅުމާލޭގައި ހުންނަ ކެފޭއެއް ކައިރީ ދެ މީހަކު މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓު މިރޭ 20:20ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި މާރާމާރީގައި މީހެއްގެ ނޭފަތް ފަޅައިގެންގޮސް އަނިޔާވެފައި ވާއިރު، އަނެކަކަށް ބޭރުފުށުން އަނިޔާއެއް ނުވާކަމަށް އެ މެސެޖުގައި ވެއެވެ. މި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ވީޑިއޯއިން ފެންނަނީ ފުލުހެއް ކައިރީ ފިރިހެނަކު ހުއްޓިގެން ހުންނަ މަންޒަރެވެ. އޭނާ ޓިޝޫއަކުން ނޭފަތް ކައިރި ސާފުކުރާ އިރު، ބިންމަތީ ގިނަ އަދަދަކަށް ލޭ ހުރެއެވެ. މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ. އާބާދީ ބޮޑު ހުޅުމާލޭގައި މާރާމާރީތައް ހިންގައި، މީގެ ކުރިން ބައެއް މީހުންނަށް ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތައް ވެސް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ