ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން އެކި މުއްދަތުތަކަށް ނެގޭ ގޮތަށް ދިރާގުން 46 ގައުމަކަށް ރޯމިންގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ އެ ޕެކޭޖުތައް ލިބެން ހުންނާނީ 150ރ. އިން ފެށިގެން 775ރ. އާ ދެމެދުގައި ކަމަށެވެ.
އެ ހިދުމަތް ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ދަތުރުކުރާ އިންޑިއާ، ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް، އޮސްޓްރޭލިއާ، ޗައިނާ އަދި ސައުދީ އަރަބިއްޔާ ހިމެނެ އެވެ.
މީގެއިތުރުން އެ ޕެކޭޖުތަކުގެ ތެރޭގައި ހައްޖާއި އުމްރާއަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން 375ރ. އަށް 4-ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނެ އެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ޕެކޭޖްތައް ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭއިރު، ޕެކޭޖްތައް ބޭނުން ކުރެވެނީ ޑޭޓާ ރޯމިން އެކްޓިވޭޓްކޮށްފައިވާ ނަންބަރުތަކަށެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިރާގު ކަސްޓަމަރުންނަށް އެ ޒިޔާރަތްކުރާ ގައުމަކުން ސިމް ހޯދުމުގެ ބަދަލުގައި، މިހާރު ބޭނުންކުރާ ސިމް މެދުވެރިކޮޑް ދިރާގުން ރޯމިން ޕެކޭޖެއް އެކްޓިވޭޓްކޮށްލައިގެން ފަސޭހަކަމާއެކު ޑޭޓާ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން 46 ގައުމަކަށް ރޯމިންގެ ޕެކޭޖުތަކެއް ތައާރަފްކޮށްފި ދިރާގުން 46 ގައުމަކަށް ރޯމިންގެ ޕެކޭޖުތަކެއް ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ