ވޯޓުލާން ކިއުގަ އެއްވެސް މީހަކު ނެތްނަމަ 16:00 ޖަހާއިރު ވޯޓުފޮށި ބަންދުކުރާނޭކަމަށް އިލެކްޝަނުން ބުނެފިއެވެ.
އިލެކްޝަނުން ބުނީ ބައެއް ވޯޓު ފޮށީގެ ވޯޓުލުން ކަނޑައެޅިފައިވާ ގަޑިއަށް ނުފެށުނު ނަމަވެސް، 4 ޖަހާއިރު ކިއުގަ މީހަކު ނެތްނަމަ އެ ތަނެއްގެ ވޯޓުފޮށި ބަންދުކުރާނޭކަމަށެވެ.
އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމުގެ ވޯޓުލުން މިހާހިސާބަށް ދިޔައިރު އެންމެ ފާހަގަކުރެވުނު އެއްކަމަކީ ވޯޓުލާންދިޔަ މީހުން މަދުކަމެވެ. ބައެއް ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު، މެންދުރުފަހު ދޭއް ޖެހިއިރު ވޯޓުލާފައިވަނީ 27.8 އިންސައްތަ މީހުންނެވެ.
މި އިންތިހާބުގައި ފޭދޫން 4,355 މީހަކަށް ވޯޓު ލެވޭއިރު، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2,347 މީހަކަށް ވޯޓު ލުމުގެ ހައްގު ލިިބެއެވެ.
މި އިންތިހާބަށް މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ބަހައްޓައިފައިވެއެވެ. އެއީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ވޯޓު ފޮއްޓެވެ.
ލަހުން ފެށުނުނަމަވެސް ކިއުގަ މީހުން ނެތްނަމަ 4 ޖަހާއިރު ވޯޓުފޮށި ބަންދުކުރާނެ: އިލެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ