މިއަހަރުވެސް ދިރާގު ރޯޑު ރޭހަށް ލިބުނު ތަރުހީބު ބޮޑު
މިއަހަރުވެސް، ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ އިވެންޓް ދިރާގު މޯލްޑިވްސް ރޯޑު ރޭހަށް ހޫނު ތަރުހީބެއް ލިބުނުކަން ދިރާގުން ހާމަކޮށްފިއެވެ. ގާތްގަނޑަކަށް 4،500 ބައިވެރިވި މިއަހަރުގެ ދިރާގު ރޯޑު ރޭސް އިއްޔެ ބޭއްވީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން 21.095 ކިލޯމީޓަރުގެ އިވެންޓް (ހާފް މެރަތަން) މެންދަމު 2:30ގައި، 10 ކިލޯމީޓަރުގެ އިވެންޓް ފަތިހު 5:30ގައި، އަދި ފަސް ކިލޯމީޓަރުގެ އިވެންޓް ހަވީރު 4:30ގައެވެ. https://x.com/Dhiraagu/status/1982052421364015558 ފާހަގަކުރެވޭ ގޮތުގައި ފަސް ކިލޯމީޓަރުގެ އިވެންޓްގައި ޕްރޮފެޝަނަލް ދުވުންތެރިންގެ އިތުރުން، އެކި އުމުރުފުރައިގެ ކުޑަކުދިންނާއި މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އޮފީސްތަކުންނާއި ޓީމުތަކުން ބައިވެރިވެފައިވެއެވެ. އެހެން އަހަރުތަކަކެކޭ އެއްފަދައިން މިއަހަރުގެ ދިރާގު ރޯޑު ރޭސްވެސް ޚާއްސަކުރީ އަނިޔާއާއި ގެވެށި އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށެވެ. ދިރާގު ރޯޑު ރޭހަކީ އެސޯސިއޭޝަން އޮފް މެރެތަން އެންޑް ޑިސްޓެންސް ރަނާސް (އެއިމްސް)ގެ ބައިނަލްއަގުވާމީ ދުވުމުގެ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ، ދުނިޔޭގެ އެތުލެޓިކްސް ބަލައިގަންނަ ރޫޓަކާ އެއްކޮށް ބާއްވާ ހަމައެކަނި ރާއްޖޭގެ ދުވުމުގެ އިވެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ