މޫސުން ގޯސްވުމުގެ ސަބަބުން "ދިވެހިންގެ ރާއްޖެ ފެސްޓިވަލް"ގެ ރޭގަނޑުގެ ހަރަކާތްތައް ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން "ދިވެހިންގެރާއްޖެ ފެސްޓިވަލް"ގެ ރޭގަނޑުގެ ހަރަކާތްތައް ފަސްކޮށްފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ، އާ އަހަރު ފެށުުގެ މުނާސަބަތުގައި ދިވެހީންނަށް ހާއްސަކޮށް "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި 31 ޑިސެމްބަރ 2023 ގައި އެ މިނިސްޓްރީން ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ފެސްޓިވަލްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުން ޝައުގުވެރިކަން އޮތްނަމަވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައިވާ ކަމަށް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"އެހެންކަމުން ދަތުރުފަތުރު ކުރުމުގައި ދިމާވެދާނެ ދަތިތަކާއި ގުޅިގެން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ 31 ޑިސެމްބަރުގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފަސްކުރެވުނު ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ." - އެ ބަޔާނުގައި ބުނެފައިވެއެވެ.
މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށްފަހު އަންގާނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ