ރައީސް ވިދާޅުވުމެއް ؛ 2026 ބަޖެޓުން އެންމެ އިސްކަން ދޭނީ ސިއްހީ ދާއިރާއަށް
އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި އެންމެ އިސްކަން ދީފައި އޮންނާނެ ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.ޅ. އަތޮޅާއި ކ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވަން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ބޮޑެތި ހަރަދުތައް ކޮށްގެންނާއި އާސަންދައިން ރާއްޖޭން ބޭރަށް ގޮސް ސިއްހީ ފަރުވާ ހޯދަން ޖެހޭ ޖެހުން އަންނަ އަހަރު ކުޑަކޮށް، ރާއްޖޭގައި މަތީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ގާއިމް ކުރާނެ ކަމަށެވެ.އެހެންވެ، އަންނަ އަހަރުގެ ބަޖެޓްގައި އެންމެ އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް ވިދާޅުވި އެވެ."އިރާދަކުރެއްވިއްޔާ މީގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި ސިއްހަތު ސަލާމަތުން ހުރުމުން އެ ލިބޭ ކުރިއެރުން ލިބިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.ރައީސް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް ލިބިގެންވާ ރައްޔިތުންތަކެއް ގައުމުގައި ތިބުމަކީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ކުރިއެރުމުގައި މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ރައްޔިތުން ރައްކާތެރި ރަނގަޅު ސިއްހަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އިންވެސްޓްމެންޓެެކެވެ. އެއީ އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.ސިއްހީ ދާއިރާއަށް ފަހު ދެން ބަޖެޓްގައި އެންމެ އިސްކަމެއް ދީފައިވަނީ ތައުލީމީ ދާއިރާއަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ތައުލީމީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ސިކުނޑިތަކެއް ތަރައްގީ ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ