ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކަށް ބަދަލު ދިނުމަށްފަހު ދައުލަތަށް ނަގަންޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުގެ ސަބަބުން ދައުލަތަށް 13 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށާއި އެ ގޯތިތައް ދައުލަތަށް ނަގަންޖެހޭ ކަމަށެވެ. އެއީ އެނާގެ އަމިއްލަ ހައިސިއްޔަތުން ވިދާޅުވާ ވާހަކައެއް ކަމަށް ފަލާހު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު އެއްގޮތަކަށް ވެސް މިތަނުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަަކައެއް ނޫން، ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޝުއޫރެއް މިއަދު މި ފާޅުކުރަނީ، އަޅުގަނޑުގެ ހިޔާލަކީ އަދިވެސް ދީފައި އެ ހުރި، ހިލޭ ދީފައި އެ ހުރި ބިންތައް، އެތަނުގައި ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި، ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯތީގެ ބަދަލު ދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ފަލާހު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތައް ދައުލަތަށް ނަގަން ރާއްޖޭގެ 99 ޕަސެންޓު މީހުން ތާއީދުކުރާނެ ކަމަށެވެ. އެ ގޯތިތައް ދައުލަތަށް ނެގުމުން، 10 ވަރަކަށް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ބައެއް މީހުން އެމީހުންގެ ބިންތައް ވިއްކަން ވެސް އޭނާ ކައިރިއަށް ދިޔަ ކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ސާބިތު ހިފޭ އެއްވެސް ހެއްކެއް އެނާ ނުދައްކަވަ އެވެ.
"އެ ގޯތިތައް ދިން ބައެއް ފަރާތްތަކުން މިއުޅެނީ ކޮންކަހަލަ ކަމެއްގައި؟ އަޅުގަނޑުމެން ކައިރިއަށް އައިސްފި އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ގޯތިތައް ވިއްކަން، ދިރިއުޅެން ދިން ގޯތި ވާހަކަ މި ދައްކަނީ، ގޯތި ވިއްކަން އައިސްފި، 12 މިލިއަން ރުފިޔާގެ އަގުހުރި ގޯތި ވިއްކަން މި އަންނަނީ 800،000ރ. އަށް، ހެޔޮތާ! ހިލޭ ލިބުނު އެއްޗެއްވިއްޔަ، ހެވެއްނު 200،000ރ. ލިބުނަސް! ހިލޭ ލިބުނު އެއްޗެއްވިއްޔަ ދައުލަތުން،" ފަލާހު ވިދާޅުވި އެވެ.
މުއިއްޒުގެ ވައުދާ ހިލާފުވެ، ހުޅުމާލެއިން ދޫކުރި ގޯތިތައް ދައުލަތަށް ނަގަން ފަލާހު ގޮވާލައިފި މުއިއްޒުގެ ވައުދާ ހިލާފުވެ، ހުޅުމާލެއިން ދޫކުރި ގޯތިތައް ދައުލަތަށް ނަގަން ފަލާހު ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ