އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ފުލުހުން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރުގެ ފޮޓޯއެއް ނެގި މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނިންމައިފި އެވެ.
ވީ ކީހިނެއް؟ - އެމްޑީޕީގެ ގއ. ވިލިނގިލި ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވި ހުސައިން މިދިޔަ 10 ސެޕްޓެމްބަރުގެ ރޭ ހައްޔަރުކުރީ އެ އިދާރާއިން ހިންގި އޮޕަރޭޝަނެއްގެ ފޮޓޯއެއް ނެގި މައްސަލައެއްގަ އެވެ.
އަދި ހައްޔަރުކޮށް އޭނާއަށް ފުލުހުން އަނިޔާ ކުރި ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.
ތަފްސީލް - މި މައްސަލާގައި ހުސައިނަށް ދައުވާކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އެ އޮފީހުން ނިންމީ ހުސައިން ދައުވާ ނުކުރުމަށް ކަމަށް އެ އޮފީހުގެ ތަރުޖަމާނު އަދި ވަކީލު އަހުމަދު ޝަފީއު 'ދައުރު'އަށް ވިދާޅުވި އެވެ.
ހުސައިންގެ ބައެއް ގާތް މީހުން އޭރު މައުލޫމާތު ދިން ގޮތުގައި:
ހުސައިން ހައްޔަރު ކުރީ، އޭނާ ނެގި ފޮޓޯ ޑިލީޓް ކުރުމަށް ފުލުހުންގެ އޮފިސަރު އެންގުމުން އެއަށް އަމަލުނުކޮށްގެން
ހައްޔަރު ކުރުމަށް ފަހު، ވޭންއަށް އަރުވައި އަނިޔާ ކުރިކަމަށް މަންޒަރުދުކޮށް މީހުން ބުނޭ
ޕީޖީ އޮފީހުގެ ނިންމުން ހުސައިނަށް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އާންމުތަންތާގައި ފޮޓޯ އާއި ވީޑިއޯ ނެގުމަކީ، ރާއްޖޭގެ ގާނޫނުތަކުން މަނާކަމެއް ނޫނެވެ. އަދި އެ ފޮޓޯއެއް ނުވަތަ ވީޑީއޯއެއް ޑިލީޓް ކުރުމުގެ އެނގުމުގެ ބާރެއް ވެސް ފުލުހުންނަށް ލިބިގެން ނުވެ އެވެ.
ހުސައިން ފޮޓޯ ނަގާފައިވަނީ ކުށެއް ހިންގި ކަމަށް ބެލެވިގެން ފުލުހުން ބަންދުކޮށްފައިވާ ސީނަކު ނޫން ކަމަށް އޭނާ ނިސްބަތްވާ އެމްޑީޕީން ބުނެފައިވެ އެވެ.
ފޮޓޯ ނެގި މައްސަލާގައި ހުސައިނަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ