ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޔޫސުފްފުޅު ވަކިކޮށްފި އެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކުރީ އެ ކުންފުނީގެ ބޯޑުން ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
އެ މަގާމަށް އޭނާ އައްޔަންކުރީ ޑިސެމްބަރު 2023، ގަ އެވެ. އޭނާއަކީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ.
އެ މަގާމުގައި އޭނާ ހުއްޓައި ސަސްޕެންޑް ވެސް ކުރި އެވެ. ޑިސެމްބަރު 19، 2024 ގައި އެޗްޑީސީގެ ހުރިހާ ބޯޑު ޑިރެކްޓަރުން ސަސްޕެންޑް ކުރިއިރު އޭގެ ތެރޭގައި އޭނާ ވެސް ހިމެނެ އެވެ.
އޭނާ ވަނީ ޕީޕީއެމް ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގައި އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމު ވެސް އަދާކޮށްފަ އެވެ.
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ޔޫސުފް ވަކިކޮށްފި އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ޔޫސުފް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ