އައްޑޫގެ ދެ އަވަށެއްގައި ހިންގި ވޮލީ ކޯޗިން ކޯސްތަކެއް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން މި ކޯސްތައް ހިންގާފައި ވަނީ ފޭދު އާއި މީދޫގަ އެވެ. އެގޮތުން ދެ އަވަށުން ޖުމްލަ 18 މީހުން ކޯސްތަކުގައި ބައިވެރިވި އެވެ. އެއީ ކޮންމެ އަވަށަކުން 9 ބައިވެރިއެކެވެ. މީގެ ތެރޭގައި ދެ ޖިންސުގެ ބައިވެރިން ހިމެނެ އެވެ.
ފޭދޫގައި ވޮލީ ކޯޗިން ކޯސް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 18-29 އަށެވެ. މީދޫގައި ކޯސް ކުރިއަށް ގެންދިޔައީ ނޮވެމްބަރު 30 އިން މި މަހުގެ 11 އަށެވެ.
ދެ ކޯހުގެ ވެސް އިސްޓްރަކްޓަރަކީ އިސްމާއީލް ރިފާއު އެވެ.
View this post on Instagram
A post shared by Ministry of Sports, Fitness & Recreation (@mosfrmv)
މިނިސްޓްރީން ބުނީ އައްޑޫގައި ހިންގި ވޮލީ ކޯޗިން ކޯސްތަކުގެ ބޭނުމަކީ މި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ކޯޗުންގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވޮލީ ކުރިއަރުވައި ހުނަރުވެރި ކުޅުންތެރިން އުފައްދަން މަސައްކަތް ކުރުމެވެ.
އައްޑު އަކީ ދެ ޖިންސުފެ މެދުގައި ވޮލީގެ ފޯރި ގަދަ ތަނެކެވެ. އެގޮތުން ވޮލީގެ އެކިއެކި މުބާރާތްތައް ވެސް ބާއްވަމުން ދެ އެވެ. މީގެ ކުރިން އައްޑޫގައި ވޮލީ ރެފްރީން ވެސް ތަމްރީނުކޮށްފައިވެ އެވެ.
އައްޑޫގައި ވޮލީ ކޯޗިން ކޯސްތަކެއް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ