އުޑީން، އިޓަލީ (އޮކްޓޫބަރު 15) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިޓަލީ އަތުން 3-0 އިން ބަލިވެ، އިޒްރޭލުން އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރި އުންމީދުތަކަށް ނިމުން އަތުވެއްޖެ އެވެ.
ރޭގެ މެޗުތަކުގެ ނަތީޖާތަކަށް ފަހު، ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އައި އޮތްގޮތުން، ގްރޫޕް އެއް ވަނަ އަށް ލިބޭ ވޯލްޑް ކަޕްގެ ސީދާ ޖާގަ އާއިި ދެ ވަނަ އަށް ލިބޭ ޕްލޭއޮފްގެ ޖާގަ އިޒްރޭލަށް ލިބޭނެ ގޮތެއް ނެތެވެ.
ހަ ޓީމު ވާދަކުރާ މި ކޮލިފައިން ގްރޫޕްގެ އެއް ވަނައިގައި އޮތީ ހަ މެޗުން ވެސް މޮޅުވެ، 18 ޕޮއިންޓާ އެކު، ނޯވޭ އެވެ. ދެ ވަނައިގައި އޮތް އިޓަލީ އަށް ހަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ހަތް މެޗު ކުޅެގެން އިޒްރޭލަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު ތިން ވަނައިގައި އޮތްއިރު، ހަތަރެއްގައި އޮތް އެސްޓޯނިއާ އަށް ހަތް މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. އަދި، ފުލުގައި އޮތް މޮލްޑޯވާ އަށް ހަ މެޗުން ލިބުނީ އެއް ޕޮއިންޓެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޔޫރަޕްގެ އެކި ގައުމުތަކުގައި އިޒްރޭލާ ދެކިޮޅަށް އަންނަނީ މުޒާހަރާކޮށް އަޑުުފުލައި، ޝުއޫރުފާޅުކުރަމުންނެވެ. އެ ގޮތުން، ރޭ އިޓަލީގައި ކުޅުނު މެޗަށް އިޒްރޭލް ޓީމު ދަނޑަށް ގެންދިޔައީ ސެކިއުރިޓީ ވަރުގަދަކޮށެވެ. އެ ގޮތުން، އިޒްރޭލް ޓީމު ދަނޑަށް ގެންދަން 13 ސެކިއުރިޓީ ވެހިކަލް ބޭނުންކޮށްފައިވެ އެވެ.
އިޓަލީ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ މަޓެއޯ ރެޓެގީ ދެ ގޯލާއި ޖިއަންލޫކާ މަންޗިނީ ގޯލެކެވެ.
އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނީ، ރޭގެ މެޗުގެ މާހައުލަކީ އެ ޓީމަށް ވެސް މެޗު ކުޅެން އެހާ ފަސޭހަ ވަގުތުތަކެއް ނޫން ކަމަށާއި އެހެން ނަމަވެސް ސެކިއުރިޓީ އޮފިޝަލުންގެ މަސައްކަތާ އެކު މެޗުގެ ކަންކަން ރަނގަޅަށް ދިއުމުން ހިތްހަަމަޖެހޭ ކަމަށެެވެ.
ފަލަސްތީނަށް އަރައި އިޒްރޭލުން ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ފާޑުކިޔުން ބޮޑުވެ، އިޒްރޭލު ޓީމާއި ކްލަބްތައް ޔޫރަޕްގެ މުބާރާތްތަކުން ބޭރުކުރަން ގިނަ ގައުމުތަކުން ގޮވާލި ނަމަވެސް ޔުއެފާ އިން އެކަމަށް ފިޔަވަޅެއް ނާޅަ އެވެ.
އިޓަލީން އިޒްރޭލުގެ ވޯލްޑް ކަޕް އުންމީދުތަކަށް ނިމުން ގެނެސްފި އިޓަލީން އިޒްރޭލުގެ ވޯލްޑް ކަޕް އުންމީދުތަކަށް ނިމުން ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ