އެމްޑީޕީގެ މި ސަރުކާރާއި ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ ވާހަކަތައް ދެއްކުމަށްފަހު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންގް މޭޓުގޮތުގައި ވާދަކުރެއްވި މާޒް ސަލީމް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިންތަކުގައި ބައިވެރިވުމާއިއެކު އުމަރު ނަސީރު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ސާލިހަށް ތާއީދުކޮށް މާޒް ސަލީމް ވާހަކަދެއްކެވުމާއިއެކު އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ބޭލުމަށް ގޮވާލައި އޭނާ އާއިއެކު ޕިކަޕު ބުރުތަކުގައި އުޅުއްވުމަށްފަހު، ރައީސް ސާލިހާއިއެކު ހުންނެވި މަންޒަރު ފެނުމުން ހައިރާންވެފައިވާކަމަށެވެ.
ރައްޔިތުން ނުރައްކަލުން ސަލާމަތްކުރުމުގެ ނިޔަތުގައިކަމަށް ސިފަކޮށް މާޒް ސަލީމް ދެއްކެވި ވާހަކަތަކަށް އަލިއަޅުއްވައި އުމަރު ހިއްސާކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، މާޒް އެމްޑީޕީގެ ޕޯޑިއަމްއަކުން ފެނިގެންދިއުމަކީ ހައިރާންކަން ގެނުވި ކަމެއްކަމަށާއި، ހާއްސަ ގޮތެއްގައި ރާއްޖޭގައި އިންޑިއާގެ ސިފައިން ނެތްކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައިވާތީ ހައިރާންވާކަމަށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަކީ ފެންނަން އޮތް ހަގީގަތްކަމަށާއި އެ މީހުން ރާއްޖެއިން ބާލަންޖެހޭކަމަށްވެސް އުމަރު ވިދާޅުވީ، އުމަރު ވިދާޅުވީ، ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތްތައް ފެއްޓެވީވެސް އޭނާ ކަމަށެވެ. އުމަރު ވިދާޅުވީ، އެ މަސައްކަތްތައް މަތީގައި ދެމިހުންނަވާނެކަަމށާއި ރައްޔިތުންވެސް ދެމިތިވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމަކީ މިނިވަންކަމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްކަމަށެވެ. އަދި ދިވެހިން އެކަމުން ސަލާމަތްކުރަންޖެހޭކަަމަށާއި އެ މަސައްކަތްތަކުގައި ބައިވެރިވުމަށް ދައުވަތު އަރުއްވާކަަމަށްވެސް އުމަރު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ބާލަން ގޮވި ރަނިނގްމޭޓު އެމްޑީޕީގެ ޕޯޑިއަމްއިން ފެނުމުން އުމަރު ހައިރާންވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ