އުރީދޫ މޯލްޑިވްސްއިން، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ “ގްރޯ ވިތު އުރީދޫ” ގެ ސެޝަނެއް އައްޑޫ ސިޓީގެ ފޭދޫއަވަށުގައި ކުރިއަށް ގެންގޮސްފިއެވެ.
ފޭދޫ އަވަށު އޮފީހާ ގުޅިގެން ކުރިއަށް ގެންދިޔަ މިސެޝަނުގައި ގޭގައި ގަސް އިންދައި ހެއްދުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތުތައް ހިއްސާކޮށް، ގަސް އިންދުމާ ގުޅޭ އަމަލީ ބައެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަން ކުރިއަށް ގެންގޮސްދީފައިވަނީ އުރީދޫގެ އެމްބަސަޑަރ ( ޒުވާން ދަނޑުވެރިޔާ) ރަމްޒީ ހުސައިން އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި ވަނީ ގޭތެރެއާއި ކުދި ޖާގަތަކުގައި ގަސް ހެއްދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާއި ދެމެހެއްޓެނިވި ގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ދަސްކޮށްދީފައެވެ . މީގެ އިތުރުން ގަސް އިންދުމުން ލިބޭނެ ނަފްސާނީ އަދި ޖިސްމާނީ ފައިދާތައް ވެސް ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ.
މިއީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އިންކްލޫސިވް އިވެންޓްތައް ބޭއްވުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޖުތަމައުގައި ހަރަކާތްތެރި ފަރާތްތަކުގެ ގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
“ގްރޯ ވިތު އުރީދޫ” ސިލްސިލާގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް ދެމެހެއްޓެނިވި އުސޫލުތައް ކުރިއަރުވައި ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގިނަ ހަރަކާތްތަކެއް އެ ކުންފުނިން ވަނީ ރާވައިފަ އެވެ. އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒް ވިދާޅުވީ، އުރީދޫއިން ކުރިއަށްގެންދާ ސީއެސްއާރް މަސައްކަތްތަކުގައި މުޖުތަމަޢުގެ ހުރިހާ އުމުރެއްގެ މީހުން ޝާމިލުކުރުމަށް ޚާއްސަ އިސްކަމެއްދޭކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ މަޢުލޫމާތުދީ އެކި ދާއިރާތަކުން ހޭލުންތެރިކުރުމަކީ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި މަގުމައްޗަށް ވެއްޓިފައި އޮތް މީހަކަށް ފަރުވާދެމުން ދަނިކޮށް އެމީހާ ނިޔާވެއްޖެ މަސްވެރިން ކޫއްޑުއާއި އައްޑުއަށް ކިރުވާފައިވާ މަހަށް ފައިސާދީ ޚަލާސްކޮށްފި އަންނަ އަހަރުގެ އަމާޒަކީ ވޯލްޑް ޓްރެވެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ