އަބްދުﷲ އިބްރާހީމް ގެއްލުނުތާ 5 ދުވަސް، އަދިވެސް ނުފެނޭ

ކުޅުދުއްފުށީ ސިޓީން މިދިޔަ ހުކުރު ދުވަހު ގެއްލިގެން ހޯދަމުން އަންނަ އަބްދުﷲ އިބްރާހީމް އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ އެނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭނާއާ ގުޅުހުންހުރި އެއްވެސް އެއްޗެއްވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް ބުންޏެވެ.
އެކަމާ ގުޅިގެން "ވަން" އަށް މިއަދު މައުލޫމާތު ދިން އަބްދުﷲ އިބްރާހީމްގެ އާއިލާ މީހަކު ބުނީ އޭނާ ގެއްލިގެން ރިޕޯޓު ކުރި ދުވަހު މާލެ އައި ބޯޓެއްގައި އޭނާ އިން ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. ނަމަވެސް މާލެ އައި ފަހުން އޭނާ އަނެއްކާވެސް ނުފެންނަ ކަމަށް ބުންޏެވެ.
އަބްދުﷲ އިބްރާހީމް، 39އ، އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ 3322111އަށް ނުވަތަ 9791382އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ