ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ގުރުއާނުގެ އޮންލައިން ތަފުސީރެއް ދިވެހިންނަށް ހަދިޔާ ކުރައްވައިފިއެވެ.
ގާސިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ބަހުން ގުރުއާނުގެ ފުރިހަމަ ތަފުސީރެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންވެ ސައުދީ އަރަބިއްޔާއިން ނެރެފައިވާ ގުރުއާނުގެ ތަފުސީރެއް ކަމަށްވާ "އައްތަފްސީރުލް ވާޟިހުލް މުޔައްސިރު" ދިވެހިބަހަށް ތަރުޖަމާކޮށް، ދަރިވަރުންނާއި ދީނީ އިލްމުވެރިންނާއި ދިވެހި ހުރިހާ ރައްޔިތުންނަށް ހަދިޔާ ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ "އައްތަފްސީރުލް ވާޟިހުލް މުޔައްސިރު" ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ވެބްސައިޓް އެ ޕޯސްޓްގައި ހިމަނުއްވައިފައެ. އެ ވެބްސައިޓަށް ވަނުމުން ގުރުއާނުގެ ތަފުސީރު ފެންނާނެ ހުންނާނެއެވެ.
ގާސިމް ވިދާޅުވީ އެ ގުރުއާނުގެ ތަފުސީރު ޗާޕު ކޮށްގެން ވެސް ވަރަށް އަވަހަށް ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރައްވާނެ ކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަހު އޮންލައިންކޮށް ގުރުއާނުގެ ތަފުސީރެއް ހަދިޔާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ﷲ ހަމްދުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް، ގުރުއާނުގެ ތަފްސީރެއް އޮންލައިންކޮށް ހަދިޔާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ