މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޖުމްހޫރީ ޕާޓީ(ޖޭޕީ)އިން ކަމަޑާއި، މިއީ އެ ޕާޓީގެ ފަހަރެއް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުން ޖޭޕީއާ އަލަށް ގުޅުނު 664 މެމްބަރުންގެ ފޯމާއި ހަވާލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމް ވިދާޅުވީ ގައުމުގެ ކުރިމަގު އުޖާލާކޮށް، ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ޖޭޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މިއީ ޖޭޕީގެ ފަހަރު.“ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވަނީ، މިއީ ޖޭޕީގެ ފަހަރު ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ