ޔާމީންގެ ވެރިކަން ވައްޓާލަން ހަރަދު ކުރި ފައިސާއާ ހަވާލުވީ މަ ފޮނުވި ބައެއް: ޝައިނީ

ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުالله ޔާމީންގެ ވެރިކަމުގައި އޭރު އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ މީހަކު ޖަލުން ދޫކުރަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހުވެސް ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ވަރަށް ގިނަ ފައިސާ ހަރަދު ކުރި ކަމަށް އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ މުހައްމަދު ވިދާޅުވާ އޯޑިއޯއެއް ލީކުކޮށްލައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ގާތްގަނޑަކަށް ފަސް މިނެޓުގެ އޯޑިއޯ ކޮޅުގައި އިވެނީ ޝައިނީ އާއި އެހެން މީހަކާ ދެމެދު ދެކެވޭ ވާހަކަތަކެކެވެ. އަދި އެއީ ޝައިނީގެ އަޑުކަން ވަރަށް ޔަގީނެވެ. ނަމަވެސް އެއީ ކޮންއިރަކު، ކޮންތަނަކު އިނދެގެން ދައްކާފައިވާ ވާހަކަތަކެއް ކަމެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ