ބާމިޔާ ތޮޅި އަކީ ހަކުރުބަލީގެ ފަރުވާ އަށާ، ކަށީގެ ދުޅަހެޔޮކަމާއި، ލޮލާއި އިސްތަށިގަނޑާއި، ހަމުގެ ދުޅަހެޔޮ ކަމަށްވެސް ވަރަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ތަރުކާރީ އެކެވެ. އެހެންކަމުން މި ހުކުރު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ބާމިޔާ ތޮޅި ތައްޔާރު ކުރާނެ ގޮތެކެވެ.
· 1 މސ. އޮލިވް އޮއިލް
· 1 ފިޔާ (ކުޑަ)
· 2 ލޮނުމެދު
· ހިކަނދިފަތް އަދި ރާނބާފަތް
· 4 ހިކިމިރުސް
• ގިތެޔޮ މިރުސް
· 2 ޖޯޑު ބާމިޔާތޮޅި
· 1 ޖޯޑު ޓޮމާޓޯ
· ½ ޖޯޑު ވަޅޯ މަސް
· 2 މސ. ލުނބޯހުތް
· ލޮނު އަދި އަސޭމިރުސް (ރަހަ ލާ ވަރަށް)
1) ތެއްޔަކަށް ޒައިތޫނި ތެޔޮކޮޅު އަޅާލުމަށްފަހު، ހޫނުވުމުން، ފިޔާ، ލޮނުމެދު، ހިކަނދިފަތް، ރާނބާފަތް، އަދި މިރުސް ތެއްޔަށް އަޅާ، މީރުވެލަންދެން މަޑުގިނީގައި ކައްކާލާށެވެ.
2) ފިޔާ މިރުސް ކޮޅު ރަނގަޅަށް ކެކުމުން، ބާމިޔާތޮޅި ކޮޅު ތެއްޔަށް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު މަތިޖަހައިގެން ކައްކާލާށެވެ. ކޮންމެ 2 މިނިޓަކުން މަތިނަގާ ރަނގަޅަށް އެއްކޮށްލާށެވެ.
3) 5 މިނިޓް މިހެން ކެއްކުމަށްފަހު ކޮށާފައި ހުރި ޓޮމާޓޯ، ވަޅޯ މަސް އަދި ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް އަޅާ އެއްކޮށްލުމަށްފަހު އިތުރު 5 މިނިޓް ކައްކާލާށެވެ.
3) 5 މިނިޓް ކެއްކުމަށްފަހު، ލުންބޯހުތް އަޅާ މިކްސް ކޮށްލާށެވެ. އަދި މަތި ޖަހައިގެން މިނެޓެއްހާއިރު މަޑުގިނީގައި ކައްކާލުމަށްފަހު އުނދުން ނިވާލާށެވެ.
ބަތާ އެކު ކާލުމަށް ވަރަށް މީރުވާނެއެވެ.
މިހުކުރު ސައިޑް ޑިޝް އަކަށް ސިއްހަތަށް ފައިދާހުރި ބާމިޔާ ތޮޅިން އެއްޗެއް ތައްޔާރު ކޮށްލަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ