ކޮމިއުނިޓީ ޕާރކް އޮކްޓޯބަރުމަހު ހުޅުވަން މަސައްކަތްކުރަނީ

ކުޅުދުއްފުށީ އިރުމަތި ފަރާތުގައި ތަރައްގީކުރަމުންދާ ކޮމިއުނިޓީ ޕާރކްގެ މަސައްކަތް ނިންމާ އޮކްޓޯބަރުމަހު ހުޅުވަން މަސައްކަތްކުރަމުން އަންނަކަމުގައި ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
ސިޓީ ކައުންސިލުން ތަރައްގީކުރަމުން އަންނަ މި ޕާރކަކީ މައިގަނޑު ތިން ބަޔަކަށް ހާއްސަކުރެވިގެން ތަރައްގީކުރަމުންދާ ޕާރކެކެވެ. އެއީ ކުޑަކުދިން ހާއްސަ ސަރަހައްދަކާއި ކުދި ހަފުލާތައް ބޭއްވޭނެހެން ސްޓޭޖަކާއެކު ތަރައްގީކުރާ ސަރަހައްދެއްގެ އިތުރުން އާންމު ހިތްހަސޭހަކޮށްލުމަށް ތިބޭ ސަރަހައްދަކާއެކު އެވެ.
ސިޓީ ކައުންސިލަރު ރިލްވާން މުހައްމަދު ވިދާޅުވީ، ޕާރކް މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިންމިފައިވާއިރު އަންނަ އޮކްޓޯބަރުމަހަށް އާންމުކޮށް ހުޅުވާލަން މަސައްކަތްކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ސަރަހައްދު ފެހިކޮށް ރީތިކުރުމަށް ތަފާތު ގަހާއި ވިނަ ހެއްދުމުގެ މަސައްކަތްވެސް ކުރަން ނިންމާފައިވާ ކަމާއި އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ރަށުގެ އިރުމަތި ފަރާތްތަކީ އެކަހެރިކޮށް އޮންނަ ސަރަހައްދެއްކަމުން އެ ސަރަހައްދުގެ އާންމު ވިޔަފާރިތަކާއި ބިމު ކުލީގެ އަގު ދަށްވުމާއި ވިޔަފާރިތައް މަދުވުމުގެ ޝަކުވާއަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
އިރުމަތި ކޮޅުގައި ސިޓީ ކައުންސިލުން ތަރައްގީކުރާ ޕާރކް. ޕާރކްގެ މަސައްކަތް ނިންމާ އޮކްޓޯބަރުމަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުން--ކޭއޯފޮޓޯ

އެހެންވުމުން އެ ސަރަހައްދަށް ދިރުން ގެނައުމަށްޓަކާ ސިޓީ ކައުންސިލުން ތަފާތު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. އެގޮތުން އިރުމަތި ފަރާތުގައި އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރެވޭނޭ މަގެއް ހަދައި މަގު ބައްތިވެސް ޖެހި އެވެ. އަދި އިރުމަތި ފަރާތުގައި ހުރި ކުނިގޮނޑުތައް ނަގައި އެ ސަރަހައްދުތަކަށް ދޮންވެލި ލައި ބެންޗް ބަހައްޓައި އާންމުންނަށް ބޭނުންކުރެވޭނެ ގޮތަށް ފިނި މައިޒާންތަކަކަށް ބަދަލުކުރި އެވެ.
ޑަބުލިއުޑީސީ ޕާރކާއި ޓިވެޓް ސެންޓަރު އަޅަންވެސް ސިޓީ ކައުންސިލުން ބިން ހަމަޖައްސައިދިނީވެސް އިރުމަތިންނެވެ. އެހެންކަމުން އިރުމަތި ފަރާތުގައި އެންމެ ފުރަތަމަ ޕާރކެއް ހުޅުވީ އަންހެނުން ކޮމެޓީންނެވެ. އަންހެނުން ކޮމެޓީން ހުޅުވި ޕާކާއެކުވެސް އެސަރަހައްދަށް ވަނީ ދިރުން އަންނަ ފަށާފަ އެވެ. އަދި ސަރުކާރުން ތަރައްގީކުރާ ޓިވެޓް ސެންޓަރުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މި ކައުންސިލުން އެންމެ ފުރަތަމަ ތަރައްގީކުރީ ރަށްމަތިފަންނެވެ. އެތަން މިއަދު ވެފައިވަނީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހިތްހަމަޖައްސާލަން ނުކުންނަ މައިޒާނަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ