ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޒަމާނީ އާ ޓާމިނަލް ހުޅުވޭއިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޚިދުމަތްދޭން ސައްތައިންސައްތަ ދިވެހީން ތިބުން ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްޑީ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޓީވީ މޯލްޑިވްސް ހޭޔަންބޯ ޕްރަގްރާމްގައި މި ހަފްތާގެ މެހެމާނެއްގެ ގޮތުގަައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީ ވިދާޅުވީ އާ ޓާމިނަލާ އެކު ދިވެހި އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. މިއީ އެމްއޭސީއެލްގެ ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ތާރީހީ ކާމިޔާބެއް ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް ފުރިހަމައަށް ތައްޔާރުވެ އޮތް ކަމަށެވެ.
އެގޮތުން އާ ޓާމިނަލް ހުޅުވުމުގެ ކުރީން ފުރިހަމަ ކުރާން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމާއި މުވައްޒިފުން ތަމްރީނު ކުރުމާއި އެ ނޫން ވެސް ކަންކަމަށް ކުރިއަށްދާ ގޮތް ބެލުމާއި ޔަގީން ކުރުމަށް މީގެ އަށެއްކަ މަސް ދުވަސްކުރީން އިންޓަނޭޝަނަލް އޮރާޓް ކޮންސަލްޓިން ފާމެއް ހަޔާކޮށްފައިވާ ކަމަށެވެ.
ވީއައިއޭ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތައް --
އާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމާއި ޓްރެއިން ކަންކަން ކުރިއަށް ގެންދިޔައީ އެ ފާމްގެ ބެލުމުގެ ދަށުން ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީ ޝަރީފް ވަނީ މި މަހުގެ 26 ވަނަ ދުވަހު އެއާޕޯޓް ހުޅުވޭއިރު ހުރިހާ ކަމަކަށް ފުރިހަމައަށް ތައްޔާރުވެ އޮތް ކަމުގައި ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މި ތިބީ މި ޓާމިނަލަށް ހިދުމަތް ދެވޭ މިންވަރަށް މުވައްޒިފުން ތަމްރީން ކޮށް ނިންމާފައި. އަޅުގަނޑު އަޅުގަނޑު ވަަރަށް އުފާވެ ފަހުރުވެރިވާ ކަމެއް މިހާ ޓޮކްނޮލޮޖިކަލް އެޑްވާންސް ފެސިލިޓީއެއް ރަން ކުރަން މި ތިބީ ސަތޭކަ ޕަސެންޓް މަށް ދިވެހީން. ހާއްސަކޮށް ދިވެހި ޒުވާނުން. އިރާދަކުރެއްވިއްޔާ ވަރަށް އަޅުގަނޑުމެންގެ މުސްތަގްބަލް ވަރަށް އުޖާލާ," ޝަރީފް ވިދާޅުވި އެވެ.
ވީއައިއޭ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތައް --
ޝަރީފް ވިދާޅުވި ގޮތުގައި މިއީ އެމްއޭސީއެލަށް ބޮޑު ކާމިޔާބީ އެކެވެ. އަދި އެހެން ކުންފުނިތަކާއި މުޅި ގައުމަށްވެސް ނަމޫނާ އެކެވެ.
"އަޅުގަނޑު މިއަށްވުރެ އުފާވާ ކަމެއް ނެތް. 100 ޕަސެންޓް ދިވެހި ޒުވާނުން މިކަންތައްތަކުގައި އުޅެ އެންމެ ހައި ލެވްލްގައި ދިވެހިން މަސައްކަތް ކުރުން," ޝަރީފް ވިދާޅުވި އެވެ.
ޒަމާނީ އާ ޓާމިނަލް ހުޅުވޭއިރު އެމްޑީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހިދުމަތްދޭން ސައްތައިންސައްތަ ދިވެހީން ތިބުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ