ހަސަން ޔާމީން ގެއްލުނުތާ ހަފްތާއެއް؛ ރާއްޖެއިން ބޭރަކަށް ނުދޭ

މާލެއިން ގެއްލިގެން ހޯދަމުންދާ 30 އަހަރުގެ ދިވެހި ފިރިހެންމީހާ އަދިވެސް ނުފެންނާތީ އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އަނެއްކާވެސް އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނިގޮތުގައި ހަސަން ޔާމީން، ގ. ގާނެޓް، މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑު 9:25 އެހައިކަށްހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުން، އާއިލާއަށް ހަބަރެއްނުވެ އެވެ.
އޭނާ ގެއްލުނުކަން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތަފްސީލް - ޔާމީން ގެއްލުނުތާ ހަފްތާއެއްވީއިރު ވެސް ނުފެނިގެން އޭނާ ހޯދުމަށް މިއަދު އަނެއްކާވެސް ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އަދި ފުލުހުން ބުނިގޮތުގައި:
އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު އެނަލައިޒްކުރުމުގެ މަސައްކަތް ދަނީ ކުރަމުން
އާއިލާގެ އެދުމުގެ މަތިން އޭނާ ދިރިއުޅޭ އެޕާޓުމަންޓު ބަލާ ފާސްކޮށްފައިވޭ
އެޕާޓުމަންޓުން ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ ނިޝާނެއް ނުފެނޭ؛ އެޕާޓުމަންޓަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަކަށް ވެސް ނުބެލެވޭ
އޭނާ ރާއްޖެއިން ބޭރަށް ފުރާފައި ނުވާކަން ކަމާގުޅޭ އިދާރާތަކުން ވަނީ ކަށަވަރުކުރެވިފައި
ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ