އެކުވެރިއަކާ ބައްދަލުވިޔަސް ސަލާންކޮށްޙާލުގެ ވާހަކައަށްފަހު ފުރަތަމަވެސް މި 2 ސުވާލުނުކޮށް އެއްވެސް މީހަކަށް ސަލާމަތްކަމެއް ނެތް!

އެކުވެރިންނާއި ބައްދަލުވުމުން ސަލާމްކުރަމުއެވެ. ޙާލު އަހަމުއެވެ. ދެން ދެއްކެނީ ކޮންމެވެސް ވާހަކަތަކެކެވެ. އެހެންވެ ބުނެލަން އޮތީ މިއަދުގެ ޙާލަތު މިއޮތީ އެހާފަސޭހައިން ނިންމައިލެވޭނެ ގޮތަކަށް ނޫނެވެ. ތިމާގެ ސަލާމަތަށާއި އެކުވެރިޔާގެ ސަލާމަތަށްވެސް މަސައްކަތްކުރަން ޖެހިފައެވެ.
ކުށްވެރިކުރަންވީ ޒަމާނެއް ނޫނެވެ. އެއްވެސް ޒަމާނަކީ ނުބައި ޒަމާނެއް ނޫނެވެ. ނުބައިވަނީ މީސްތަކުގެ ޢަމަލުތަކެވެ. މީހުންނެވެ. ޢަމަލުތަކަށް ބަދަލުތައް އަންނަމުންގޮސް މިއަދު މިތިބީ ކޮންމެ މީހަކު ކޮންމެ މީހަކާ ބައްދަލުވި ނަމަވެސް ދީނަށް ޢަމަލުކުރާ މިންވަރާއިމެދު ސުވާލުކުރަންޖެހިފައެވެ. މިހާލަތުން އަރައިގެނެވޭނީ އެމެންވެސް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީގެންނެވެ. ތިމާގެ ސަލާމަތަށާއި އަނެކާގެ ސަލާމަތަށް މަސައްކަތްކުރަންޖެހިފައެވެ.
1 ތިބާ ތައުބާވެއްޖައިންތޯ؟ 2 ތިބާ ފަތިސްނަމާދުކުރިންތޯ؟
މި ފަދަ ސުވާލުތައް އެކަކު އަނެކަކަށްކުރަންވީ ތިމާގެ ގާތް އެންމެންވެސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމުގެ ބޭނުމުގައެވެ. އަތުގައި ހިފައި ދަމައިގެންވެސް ސުވަރުގެއާއި ދިމާއަށް ގެންދެވޭތޯ ބެލުމުގެ ބޭނުމުގައެވެ.
ތައުބާވާންޖެހޭ އެތައް ބައިވަރު ފާފަތަކެއް ކޮންމެ ދުވަހަކު މިދަނީ ކުރެވެމުންނެވެ. ވީމާ ތައުބާނުވެ ސަލާމަތުގެ އައްސޭރިއަށް ފޯރާނީ ކިހިނަކުންނެވެ؟ އަދި އަހަރެމެން އެދޭ ކަންކަން ޙާޞީލުކުރެވުމަށް މަގުފަހިވާނީވެސް ސަލާމަތުގެ އައްސޭރިއަކަށް ފޯރައިގެންނެވެ.
ދެވަނަ ސުވާލު- ފަތިސްނަމާދުކުރިންތޯ؟ މިއީ އެންމެ ގިނައިން ކުރަންވީ ސުވާލެވެ. މައިންބަފައިން ދަރިންނާއި އަދި ދަރިން މައިންބަފައިންނާއިވެސް ކުރަން ޖެހިފައިވާ ސުވާލެކެވެ. ދެމަފިރިން އެކަކު އަނެކަކަށާއި "ޙަބީބީ" އާއި ބައްދަލުވުމުންވެސް ކުރަންޖެހިފައި އޮތް ސުވާލެކެވެ.
ސަބަބަކީ ފަތިސްނަމާދުން ދުވަސް ނުފަށާނަމަ އެމީހަކު އެހުރީ އެދުވަހު ފޭލްވެފައެވެ. އެމީހަކު އެހުރީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިއެއްގެ ގޮތުގައެވެ. ޝައިޠޯނާގެ ފަޅީގައެވެ.
ވީމާ މި ދެސުވާލުކުރެވުނު ވަރަކުން މެނުވީ މިއަދުގެ ޙާލަތަށް ސަލާމަތްކަމެއް ނެތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ