މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟- މެޓުން ވަނީ މޫސުން ގޯސްވާނެތީ ހއ. އިން ފެށިގެން ފ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ވެސް ނެރެފަ އެވެ.
ތަފްސީލް - އެ ސަރަހައްދުތަކަށް ގަޑިއަގު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އެއާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ ވައި އެންމެ ބާރުވި ކަމަށް ރެކޯޑު ކުރެވިފައިވަނ ފ. ނިލަންދުއަށް، އެއީ 61 މޭލަށް
ބ. ދަރަވަންދޫ އަށް58.3 މޭލަށް ވައި ގަދަވި އަދި ގދ. ފަރެސްމާތޮޑާ އަށް 55 މޭލަށް ވައި ގަދަވި
މިއަދު ހަވީރު 6 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކޮށް އެ އިދާރާ އިން ނެރުނު އެލާޓުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ
މެދުރާއްޖެ ތެރެއާއި އުތުރުގެ ސަރަހައްދުތަކަށް 7-5 ފޫޓަށް
ދެކުނުގެ ސަރަހައްދުތަކަށް 6-3 ފޫޓަށް
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެ
ބޮޑު ބަޔަކަށް ވިއްސާރަކުރާނެތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.
ފާހަގަ ކުރެވޭ - މި މަހުގެ 20 އާ ހަމައަށް ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވަޔާއި ކަނޑު ގަދަވާނެ ކަމަށާއި ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ ދުރާލާ އިލްތިމާސްކޮށްފަ އެވެ.
ބޮޑުބަޔަކަށް ވިއްސާރަ؛ ކަނޑުތައް ވަރަށް ގަދަވާނެ: މެޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ