އުމަރު ނަސީރު ރޭ ދެއްކެވި ވާހަކައިގެ ތަފުސީލުދެއްވައިފި

ޕީޕީއެމުން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަގުތީ ނައިބު ރައިސް އުމަރު ނަސީރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިހުގައި ތިބި ބޭފުޅުންނާ ވާހަކަ ދެއްކެވި އިރު އަމާން ދެއްވާށޭ، އެހެން ނޫނިއްޔާ ފުރާނަ ވެސް އަތުނުވެދާނެޔޭ ވިދާޅުވި ވިދާޅުވަމަކީ ރުޅިގަދަވެ ކުޅަނދުރުތަކަކަށް ވެފައި ތިބި އާއްމުން ސިފައިންގެ ތެރެއަށް ވަދެ ނަޝީދަށް ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރަށް ދެއްކެވި ވާހަކަ ކަމަށް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ވާހަކަތައް އުމަރު ދައްކަވަމުން ގެންދިޔައީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމާ ކަމަށާއި އެ ވާހަކަތަކީ ފުލުހުން ނުވަތަ ސިފައިންނާ މެދު ދެކެވުނު ވާހަކަތަކެއް ނޫން ކަމަށާއި ފުރާނައަށް ނުރައްކާވެދާނެ ކަމަށް ތޮލްހަތަށް ދެންނެވީ ވެސް އެތަނަށް އެއްވެ، އޮތް އާއްމު ރައްޔިތުންގެ ގިނަކަމުން އެ އެންމެން ކޮންޓްރޯލްކޮށް އެމީހުން ހުއްޓުވުމުގެ ގާބިލްކަން ފުލުހުންނާއި ސިފައިންގެ ކިބައިގައި އެ ދުވަހު ނުފެނުމުން ކަމަށް އުމަރު ވަނީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކިބައިގައި ވެސް އާއްމުން ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ނެތަތީވެ އާއްމުންގެ ބަޔަކު އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ސިފައިންގެ އެތެރެއަށް ވަދެގަނެފި ނަމަ ސިފައިންގެ މަރުކަޒުގެ ތެރޭގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ފަދަ ބޭފުޅުންނާއި ސިފައިންނާއި ފުލުހުންނަށް އޮތް ނުރައްކާ ބޮޑުކަން ހާމަކޮށްދިނުމުގެ ގޮތުން،" އުމަރު ނުރެއްވި ބަޔާނުގައިވެ އެވެ.
އުމަރުގެ ބަޔާނުގައި އަދި ވިދާޅު ވެފައި ވަނީ އެއީ އެއްވެސް ހާލެއްގައި ސިފައިންގެ ނުވަތަ ފުލުހުންގެ ފުށުން އެއްވެސް ނުރައްކަލެއް ރައީސް ނަޝީދަށް އޮތް ކަމަށް ދެނެންވި ވާހަކައެއް ނޫންކަމަ ށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ