ލ. އިސްދޫގެ ރައްޔިތުން ނިކުމެ އެ ރަށުގެ ސްކޫލް ބަންދުކޮށް ކިޔެވުން ހުއްޓުވައިފިއެވެ.
އިސްދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި އެ ރަށުގެ ސްކޫލް ބަންދުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ސްކޫލް ބަންދުކުރަންޖެހުނީ ދިރާސީ އަހަރުގެ ކިޔެވުން ފެށި މިހާތަނަށް އައި އިރުވެސް އެ ރަށު ސްކޫލަށް ޕްރިންސިޕަލަކު ލިބިފައި ނުވާތީ އާއި ސްކޫލުގައި ދަރިވަރުންނަށް ތަފާތު އެތަށް ގޮންޖެހުންތަކެއް ކުރިމަތިވާތީ ކަމަށް ވަގުތަށް މައުލޫމާތު ލިބިފައިވެއެވެ.
އިސްދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި އެ ރަށު ސްކޫލުގެ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ބެލެނިވެރިން އިސްނަގައިގެން 2008 ގެ ވެސް ކުރިން އެ ސްކޫލުގައި އާ އިމާރާތެއް އަޅަން ފެށިކަމަށެވެ. އެއީ ރައްޔިތުންގެ ބުރަ މަސައްކަތުން ފެށި ކަމެއް ނަމަވެސް އެކަން މުޅިން އެކުގައި ނިންމާލެވޭ ގޮތް ވެފައި ނުވާކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން ސްކޫލުގެ ޖާގައިގެ ދަތިކަން އަދިވެސް ވަރަށް ބޮޑުކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ. ޚާއްސަކޮށް ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމާއި ގުޅިގެން މިކަމަށް އިތުރު އުނދަގޫތަކެއް ކުރިމަތި ވެފައި ވާކަމަށް ވެސް ކައުންސިލުން ބުނެއެވެ.
އެ އިމާރާތުގެ ނުނިމި ހުރިބައި ސަރުކާރުން އިމާރާތްކޮށްދޭނެ ކަމަށް އެތަށް 2014 ވަނަ އަހަރުން ފެށިގެން އަޑުއިވޭ ކަމަށާއި އަދި އެކި ފަހަރުގެ މަތިން ބަޖެޓުގައި ވެސް ހިމެނިފައިވީނަމަވެސް އަދިވެސް އަ ކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
އިސްދޫ ސްކޫލަކީ 256 ދރިވަރުން ތައުލީމު ހާސިލްކުރަމުންދާ ސްކޫލެކެވެ. މި ހާދިސާ އާއި ގުޅިގެން އެ ރަށު ސްކޫލުގެ އިސްފަރާތެއްގެ ތަފްސީލީ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
އިސްދޫ ރައްޔިތުން ނިކުމެ އެ ރަށުގެ ސްކޫލް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ