ކްލަބް މޯލްޑިވްސް އިން އިންތިޒާމްކުރާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ކުޅޭ އައިޖީއެމްއެޗް ޓީމަށް ޕާކިސްތާން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކީޕަރު ސައިދާ މަހްޕަރާ ގެނެސްފި އެވެ.
އުމުރުން 23 އަހަރުގެ ސައީދާ އަކީ ޕާކިސްތާންގެ ނެޝަނަލް ވިމެންސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކީޕަރުގެ މަގާމު ފަސް ފަހަރު ހޯދައިފައިވާ ހުނަރުވެރި ކީޕަރެކެވެ. އޭނާ ވަނީ ސާފް ވިމެން ޗެމްޕިއަންޝިޕްގެ ތިން މުބާރާތެއްގައި ޕާކިސްތާން ޓީމުގެ ގޯލު ބަލަހައްޓައި، 2010 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ސާފް ވިމެން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމު ވެސް ހޯދައިފަ އެވެ.
މީގެ ކުރިން އިންޑިއާގެ އަންހެން ގައުމީ ޓީމުގެ ކީޕަރުވެސް ވަނީ ފުޓްސަލް ކުޅުމަށް ރާއްޖެ ގެނެސްފައެވެ.
ވިމެންސް ފުޓްބޯލް ފިއެސްޓާގެ މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ހޮނިހިރު ދުވަހުގެރޭ އައިޖީއެމްއެޗް ކުޅޭނީ ހައުސިން މިނިސްޓްރީގެ ޓީމްއާ އެވެ.
ވިމެންސް ފުޓްސަލް ފިއެސްޓާގެ ގުރޫޕުތައް:-
ޕާކިސްތާނުގެ ގައުމީ އަންހެން ޓީމުގެ ކީޕަރު ވެސް ފުޓްސަލް ކުޅެން ރާއްޖެ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ