ބީއައިސީ ބޭންކް މޯލްޑިވްސް އާއި އެމްއެފްއެލްސީއަށް ބޭންކެއް ހަދަން ފުރުސަތު

އެމްއެމްއޭ އިން މިއަދު ލައިސަންސް ދިން ބީއައިސީ ބޭންކް މޯލްޑިވްސް ބޭންކްއަކީ ބީއައިސީ ކެމްބޯޑިއާ ބޭންކްއާއެކު ރާއްޖޭގައި ގާއިމް ކުރާ ބޭންކް އެވެ. މި ބޭންކުގެ ހިއްސާދާރުންނަކީ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހުގެ އިތުރުން ބީއައިސީ ކެމްބޯޑި
ބީއައިސީ ބޭންކް މޯލްޑިވްސް އާއި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކްގެ ނަމުގައި ރާއްޖޭގައި ދެ ބޭންކް ހަދަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ލައިސަންސް ދީފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކްގެ ނަމުގައި ޓިއާ އެކެއްގެ ބޭންކްއަކަށް ބަދަލުކުރުމުގެ އިތުރުން ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއާ އެކެއްގެ ބޭންކްއެއް ގާއިމް ކުރަން ލައިސަސް ދީފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ މި ދެވުނު ހުއްދަތަކާއެކު، ޚިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް މި އޮތޯރިޓީއިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ދިވެހިރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދެވިގެންދާނެ ކަމަށެވެ.އެމްއެމްއޭ އިން މިއަދު ލައިސަންސް ދިން ބީއައިސީ ބޭންކް މޯލްޑިވްސް ބޭންކްއަކީ ބީއައިސީ ކެމްބޯޑިއާ ބޭންކްއާއެކު ރާއްޖޭގައި ގާއިމް ކުރާ ބޭންކް އެވެ. މި ބޭންކުގެ ހިއްސާދާރުންނަކީ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހުގެ އިތުރުން ބީއައިސީ ކެމްބޯޑިއާ ބޭންކް އެވެ. މި ބޭންކުގެ ޗެއާއަކީ ނޫރެއިން ޖަނާހު އެވެ. ބީއައިސީ ކެމްބޯޑިއާ ބޭންކް ލިމިޓެޑަކީ ދެކުނު އިރުމަތީ އޭޝިއާ އަދި އޭޝިއާ ސަރަހައްދުގައިވެސް ވަރުގަދަ ބޭންކް އެކެވެ. 
ބޭންކްއެއް ހަދަން މީގެ އިތުރުން ލައިސަންސް ދިން އެމްއެފްއެލްސީއަކީ ރާއްޖޭގައި އިންސްޓޯލްމަންޓަށް މުދާ ދޫކުރަން އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. އަދި މި ވިޔަފާރީގައި އެންމެ ފުންނާބުއުސް އެއް ކުންފުންޏެވެ. 
ބޭންކް ވުޖޫދު ކުރަން އަހަރެއް - ރާއްޖޭގެ ބޭންކިން ގާނޫނުގައިވާ ގޮތުން މި ހުއްދަ ދޭތާ (ބާރަ) މަސްދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރެވުނު ވިޔަފާރި ފަށަންވާނެ އެވެ. މި މުއްދަތުގެ ތެރޭގައި ވިޔަފާރި ނުފަށައިފިނަމަ، ލައިސަންސް ބާތިލުވާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ