ރައީސް ޔާމީން ހައްޔަރުކުރުމުން މެނުވީ ޖަމީލް ރާއްޖެ ވަޑައިނުގަންނަވާނެ - އިއްތިހާދު

ފުލުހުން ރައީސް ޔާމީން ހައްޔަރުކުރުމުން މެނުވީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަޙުމަދު ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް އެ އިއްތިހާާދުން ބުނެފިއެވެ.
އެކަން ހާމަކޮށް އެ އިއްތިހާދުން މިއަދު ނެރުނު ބަޔާނުގައި ތިން ކަމަކަށް ގޮވާލާފައިވެއެވެ. އެ ކަންކަމަކީ؛
- އެ އިއްތިހާދު ރޫޅާލެވޭތޯ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުން،
- ޣައިރުޤާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމާއި ފުލުހުން "ޤާނޫނީ މަގަށް" އެނބުރުން އަދި
- ރައީސް ޔާމީން ހައްޔަރުކުރުމެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލައިގެ ތަހުޤީޤަށް ޑރ. ޖަމީލާއި އަކުރަމް ކަމާލުއްދީން ފުލުހަށް ހާޒިރުކުރުމަށް އެ ފަރާތްތަކަށް ޗިޓް ފޮނުވަން މަސައްކަތްކޮށް، އެ ފަރާތްތައް ރާއްޖޭގައި ނެތުމުގެ ސަބަބުން ޗިޓް ހަވާލުކުރެވިފައި ނުވާތީ ފުލުހުން މިހާރު ވަނީ އެ ދެ ފަރާތުން 14 ދުވަސް ތެރޭގައި ފުލުހަށް ހާޒިރުވުމަށް އިއްޔެ އާންމު އެނގުމަކުން އަންގާފައެވެ.
އެހެންނަމަވެސް، އިއްތިހާދުން މިއަދު ނެރުނު ބަޔާނަށް ބަލާއިރު ޑރ. ޖަމީލް ރާއްޖެއަށް އެނބުރި ވަޑައިނުގަންނަވާނެކަން މިވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. އެކަމަކު، ފުލުހުން ވަނީ 14 ދުވަސް ތެރޭ ޑރ. ޖަމީލާއި އަކްރަމް ފުލުހަށް ހާޒިރުނުވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ