ޖަނަރޭޓަރަށް ނުކަތައިގެން، ރ.އަލިފުށިން ކަރަންޓް ކެނޑިއްޖެ

ރ. އަލިފުށީގައި ބޭނުންކުރަމުންދާ ދެ ޖަނަރޭޓަރުގެ ތެރެއިން ބޮޑު ޖަނަރޭޓަރު އޯވަރލޯޑްވެ، މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ.
ފެނަކަ އަލިފުށީ ގޮފީގެ މެނޭޖަރ އަހުމަދު ސައީދު "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އެކެއް ޖަހާ އެހާކަންހާއިރު ކަރަންޓު ކެނޑިފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ.
"މިގޮތަށް ކަރަންޓް ކެނޑޭތާ ދުވަސްތަކެއް ވެއްޖެ. މިކަމަށް ދާއިމީ ހައްލެއް އަދި ލިބިފައެއް ނުވޭ." ސައީދު ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން އަލިފުށީ ކައުންސިލް އިން ބުނީ ކައުންސިލްގެ އިދާރާ އަށް މީހުން އެއްވެފައި އެބަތިބި ކަމަށާއި ރައްޔިތުން ބުނަނީ އިރުއިރުކޮޅުން ކަރަންޓް ކެނޑޭނަމަ ކަރަންޓު ބޭނުން ނޫން ކަމަށެވެ.
"ކޮންމެ ދެ ހުކުރުން އެއް ހުކުރެއްގެ މެންދުރު ފަހު ކަރަންޓް ކަނޑާލާނެ. ފެނަކައިން އަބަދުވެސް ދޭ ޖަވާބަކީ އާ ޖަނަރޭޓަރެއް ލިބިގެން ނޫނީ މި މައްސަލަ އަށް ހައްލެއް ނުހޯދޭނެ ކަމަށް. ރައްޔިތުން ބޭނުންވަނީ ދާއިމީ ހައްލެއް." ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ