މަނަދޫ އިން ކަރަންޓު ކެނޑިއްޖެ

ނ.މަނަދޫ އިން ކަނރަންޓު ކެނޑިއްޖެއެވެ.
މަނަދޫ ކައުންސިލްގެ ރައީސް އަބްދުލްރަހުމާނު ސަބީހު "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ކަރަންޓު ކެނޑިފައިވަނީ މިއަދުގެ 12:30 އެހާއިރު ކަމަށާއި، ކަރަންޓު އަންނާނެ އިރެއް ދަންނަވަން ނޭނގޭ ކަމަށެވެ.
ސަބީހު ވިދާޅުވީ އެރަށުގައި ކަރަންޓު ދޭން ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއްޖަނަރޭޓްރުގެ ސައިލެންސަރު ފަޅައިގެން ދިއުމުގެ ސަބަބުން އެ މަރާމާތު ކުރުމަށް ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ.  "ވަކި ވަގުތެއް ނެތި ކަރަންޓު ކަނޑާލާފަ މިއޮތީ. ވަރަށް އާންމު ކަމަކަށްވެއްޖެ މިގޮތަށް ކަނރަންޓު ކަނޑާލުން. ހަފްތާ އަކު ތިން ހަތަރު ދުވަހު ކަރަންޓު ދޭ" އޭނާ ވިދާޅުވިއެވެ.
ސަބީހު ވިދަޅުވީ ކުއްލި ކުއްލިއަށް ކަރަންޓު ދިއުމުގެ ސަބަބުން އާންމުންގެ މުދަލަށްވެސް ގެއްލުން ވަމުން އަންނަ ކަމަށެވެ.
"ރައްޔިތުން މި ތިބެނީ އާންމު ހިދުމަތުން މަހުރޫމުވެފަ. ކުޑަކުދިންނަކަށް ނުއެއް ނިދޭ މެންދުރަކަށް ނުއެއް ކެއްކޭ"، މަނަދޫ ކައުންސިލްގެ ރައީސް ވިދަޅުވީ އެރަށުގެ ފެނަކައިންވެސް މި މައްސަލަ ހައްލުކުރަން މަސައްކަތް ނުކުރާކަމަށެވެ.
"މިރަށު ފެނަކަ އިން އަޅުގަނޑަށް މައުލޫމާތު ދެއްވާފަ އޮތީ މިހާތަނަށް މިކަމަށް ހައްލެއް ގެންނަން ރަސްމީ ސިފައެއްގައި ހެޑް އޮފީހުން މަނަދޫ ބްރާންޒާ ވާހަކަ ދައްކައިފައި ނެތްކަމަށް" ސަބީހު ވިދާޅުވީ ރީޖަނަލް އޮފީހުގެ މެނޭޖަރުވެސް އެކަމާ މަސައްކަތް ނުކުރައްވާ ކަމަށެވެ.
"ބޮޑަށް މިކަމުން ރެކެން މަސައްކަތްކޮށްފަ ވަނީ. ފެނަކަ ރީޖަނަލް މެނޭޖަރ ވިދަޅުވެފަ އޮތީ އަޅުގަނޑުމެންނަކީ ވެސް ސިޔާސީ މީހުންނޭ. ސިޔާސީ ގޮތުން މިކަން ހައްލުކުރަން މަސައްކަތްކުރާށޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ