އިންޓަ ސްކޫލް ފުޓްބޯޅަ: އެއްކޮޅުން ފައިނަލަށް އަހުމަދިއްޔާ ސްކޫލް ދަތުރު ކޮށްފި

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި އިއްޔެ ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށް އެއް ކޮޅުން ފައިނަލަށް އަހުމަދިއްޔާ ސްކޫލް ދަތުރުކޮށްފި އެވެ.
އަހުމަދިއްޔާ ފައިނަލަށް ދިޔައީ އަރަބިއްޔާ އަތުން 2-1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މެޗްގެ ފުރަތަމަ ހާފު ނިމުނު އިރު އަހުމަދިއްޔާ އިން ވަނީ ދެ ލަނޑު ޖަހާ މެޗްގެ ނަތީޖާ 2-0 ލަނޑަށް ބަދަލުކޮށްލާ، ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފަ އެވެ. މެޗްގައި އަހުމަދިއްޔާ އަށް ލަނޑުޖަހއިދިން ކުޅުންތެރިންނަކީ ސައުދުﷲ އިބްރާހިމާއި އަބްދުލް މުހައިމިން އެވެ.
މުބާރާތުން ކެޓި އަރަބިއްޔާ އިން ޖެހި އެ ޓީމްގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗްގެ 54 ވަނަ މިނެޓުގައި ކެޕްޓަން އަންސާރު އިބްރާހިމްގެ ފަރާތުން ނެވެ.
މި މުބާރާތުގެ ފައިނަލުގައި ހުކުރު ދުވަހުގެ ރޭ އަހުމަދިއްޔާއާ ދެކޮޅަށް ނުކުންނަ ޓީމެއް ކަށަވަރުވެގެން ދާނީ މިހާރު ގަލޮޅު ދަނޑުގައި މަޖީދިއްޔާ ސްކޫލް އާއި ދަރުމަވަންތަ ސްކޫލް ކުޅޭ ދެވަނަ ސެމީ އަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ